ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތުގެ ގަވާއިދާއި ހިލާފުވި 30 މީހަކު އެޗްޑީސީން ޖޫރިމަނާކޮށްފިއެވެ.

އެޗްޑީސީން އެ ފަރާތްތައް ޖޫރިމަނާކޮށްފައިވަނީ ހިޔާގެ ފިނިޝިންނަށް އެޗްޑީސީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާއި ހިލާފުވެގެންނެވެ.

އެޗްޑީސީގެ އުސޫލުތަކުގައިވާ ގޮތުން ފްލެޓަށް އެއްވެސް ބަދަލެއް އެޗްޑީސީގެ ހުއްދައާއި ނުލާ ނުގެނެވޭނެއެވެ. އަދ ބަދަލެއް ގެންނަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް އެކަމުގެ ހުއްދައަށް އެދުމަށްވެސް އަންގާފައިވެއެވެ. މީގެއިތުރުންވެސް ފްލެޓްތަކުގެ ވެރި ފަރާތުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ހުރެއެވެ.



އެޗްޑީސީން ބުނީ މިހާތަނަށް ބެލިބެލުމުން އުސޫލުތަކާއި ހިލާފަށް އިމާރާތުގެ އޮނިގަނޑަށް ބަަދަލުގެނެސްފައިވާ 100 މައްސަލައެއް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 30 ފަރާތެއް ޖޫރިމަނާކޮށްފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓްތަކަށް ގިނަ ބަޔަކު ބަދަލުވުމުގެ މަސައްކަތް ކުރިއަށްދާއިރު، އަދިވެސް ގިނަ ފްލެޓްތަކުގައި ކުރިއަށްދަނީ ފިިނިޝިންގ މަސައްކަތްތަކެވެ. އެހެންކަމުން އެމަސައްކަތްތައް ނިމި އެތަންތަނުގައި މީހުން ދިރިއުޅުން ފަށަން އަދިވެސް ދުވަސްކޮޅެއް ނަގާނެއެވެ، ނަމަވެސް މިހާރު މަދު އާއިލާތަކަކުން ވަނީ ދިރިއުޅުން އެތަނަށް ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު