މިއަހަރު ނިމެންވާއިރަށް އިތުރު 60 އެމްބިއުލާންސް ސިއްހީ ޚިދުމަތަށް ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން ބުނީ ސިއްހީ ދާއިރާއަށް ހޯދުމަށް އިއުލާންކޮށްފައިވާ އެމްބިއުލާންސް ތަކުގެ ތެރެއިން މިއަދު 20 އެމްބިއުލާންސް ލިބިފައިވާކަމަށެވެ. އަދި މިމަހު އިތުރު 20 އެމްބިއުލާންސް ގެންނަން ހަމަޖެހިފައިވާ ކަމަށާއި، އިތުރު 20 އެމްބިއުލާންސް ވަރަށް އަވަހަށް ރާއްޖެ ގެންނާނެކަމަށް ސަރުކާރުން ބުނެފައި ވެެއެވެ. އެހެންކަމުން މިއަހަރުގެ ނިޔަލަށް އިތުރު 60 އެމްބިއުލާންސް ސިއްހީ ޚިދުމަތަށް ނެރެވޭނެކަމަށް އަންދާޒާކުރެވޭ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯ.އާ ވަނީ ހަވާލުކޮށްފައެވެ. އެސް.ޓީ.އޯއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން، އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ޙަވާލުކުރުމަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެވެ.

މި އެމްބިއުލާންސްތައް ގެނަސް އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި، އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވޭނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު