ޗެކް ރިޕަބްލިކްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވައިފިއެވެ.
ޗެކް ރިޕަބްލިކްގެ ކޮންސިއުލޭޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކޮންސިއުލޭޓް އޮފީސް ހުޅުއްވައިދެއްވީ ޗެކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މިލާން ހޮވޮކްއާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދެވެ.
ޗެކްގެ ސަފީރު މިލާން ވިދާޅުވީ ރާއްޖޭގައި ހުޅުވި އޮފީހުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.
ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު ވިދާޅުވީ ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ދިވެހިންނަށް ކޮންސިއުލޭޓް މެދުވެރިކޮށް އެއްވެސް ދަތި ކަމަކާއި ނުލާ ވިސާ ލިބޭނެކަމަށެވެ.
ޗެކް ރިޕަބްލިކްގެ އިތުރުންވެސް ޔޫރަޕާއި އެހެން ވަަރަށް ގިނަ ޤައުމުތަކުގެ ކޮންސިއުލޭޓްތައް ރާއްޖޭގައި ވަނީ ހުޅުވާފައެވެ. މި ކޮންސިއުލޭޓްތަކުގެ ސަބަބުން އެ ޤައުމުތަކަށް ދިވެހިން ދިއުމާއި، ވިޔަފާރީގެ ފުރުސަތުތަކަށް ފަހިވެގެންދެއެވެ.

The first ever Honorary Consulate of the Czech Republic in the Maldives headed by Mr. Madheeh Jamal was opened in Malé (G. Lailac, Ameenee Goalhi, Male 20042, tel. +9607771069) on October 7, 2021 by @aghafoormohamed and Czech Ambassador Milan Hovorka to provide consular services. pic.twitter.com/h4Wbob8NjU
— Czech Embassy India (@CZinIndia) October 7, 2021
ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު ވިދާޅުވީ ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ދިވެހިންނަށް ކޮންސިއުލޭޓް މެދުވެރިކޮށް އެއްވެސް ދަތި ކަމަކާއި ނުލާ ވިސާ ލިބޭނެކަމަށެވެ.
ޗެކް ރިޕަބްލިކްގެ އިތުރުންވެސް ޔޫރަޕާއި އެހެން ވަަރަށް ގިނަ ޤައުމުތަކުގެ ކޮންސިއުލޭޓްތައް ރާއްޖޭގައި ވަނީ ހުޅުވާފައެވެ. މި ކޮންސިއުލޭޓްތަކުގެ ސަބަބުން އެ ޤައުމުތަކަށް ދިވެހިން ދިއުމާއި، ވިޔަފާރީގެ ފުރުސަތުތަކަށް ފަހިވެގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު