ޕޯޗިގީޒުންގެ އަތް ދަށުން ރާއްޖެ ސަލާމަތްކުރުމަށް ބޮޑުތަކުރުފާނު ވެވައިޑައިގެން ޖިހާދުގެ މައްޗަށް ބިނާކޮށް "ބޮޑުތަކުރުފާނު" ނަމުގައި ތައްޔާރުކުރާ ފިލްމް މިއަދު އިފްތިތާޙުކޮށްފިއެވެ.
މި ފިލްމު އިފްތިތާޙުކޮށްދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބޭއްވި ޚާއްސަ ޖަލްސާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެވެ.
"ބޮޑުތަކުރުފާނު" މި ފިލްމަކީ ދިވެހި ތާރީޚު ދިރުވާ އާލާކޮށް، އޭރު ދިވެހި ޤައުމުދެކެ ލޯބިވި ދަރީންގެ ހިތްވަރާއި އަޒުމް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށް ހޯމް މިނިސްޓްރީން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ބޮޑު ޕްރޮޖެކްޓެކެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ދިވެހި ބިމާއި ދީން ޙިމާޔަތްކުރުމަށްޓަކައި މަސައްކަތް ކުރެއްވި ކޮންމެ ބޭފުޅަކީ އެމީހުންގެ ޖާނާއި މާލު ޤައުމަށްޓަކާއި ޤުރުބާންކުރަން ތައްޔާރަށް ތިބެ ކުރީ ސަފަށް ނުކުންނެވި ބޭފުޅުންކަމަށެވެ. ދިވެހި ފަތްފުއްތަކުންވެސް އެންމެ ފާހަގަކުރެވޭ، ދިވެހިންގެ ޤައުމީ ދުވަހުގެ ބަތަލު އައްޞުލްތާނުލް ޢާޒީ މުޙައްމަދު ތަކުރުފާނުގެ ދިރިއުޅުމުގެ ކޮންމެ ކަމަކީވެސް އެއިން އިބްރަތް ހާސިލްވާ މުހިންމު ކަންތައްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބޮޑުތަކުރުފާނުގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ފިލްމަކީ، ގައުމަށްޓަކާ ގުރުބާންވި ދަރިއެއްގެ ވާހަކަ ގެނެސްދީ އެއިން މިހާރުގެ ޒުވާނުންނަށް އެތައް އިބުރަތެއް ލިބޭނެ ފިލްމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އުތީމުގައި ބޭއްވި ޖަލްސާގައި އަތޮޅުތަކުގެ ހުރިހާ ރަށްތަކަކުން ބައިވެރިވިއެވެ. އަދި ޤައުމީ ދުވަހާއި ގުޅިގެން އުތީމުގައި އެކިއެކި ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

ޤައުމީ ދުވަހު ހއ.އުތީމްގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އުތީމަށް ވަޑައިގެންނެވުން. pic.twitter.com/TjLTiEPP9K
— Home Ministry, MV (@HomeMinistrymv) October 7, 2021
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ދިވެހި ބިމާއި ދީން ޙިމާޔަތްކުރުމަށްޓަކައި މަސައްކަތް ކުރެއްވި ކޮންމެ ބޭފުޅަކީ އެމީހުންގެ ޖާނާއި މާލު ޤައުމަށްޓަކާއި ޤުރުބާންކުރަން ތައްޔާރަށް ތިބެ ކުރީ ސަފަށް ނުކުންނެވި ބޭފުޅުންކަމަށެވެ. ދިވެހި ފަތްފުއްތަކުންވެސް އެންމެ ފާހަގަކުރެވޭ، ދިވެހިންގެ ޤައުމީ ދުވަހުގެ ބަތަލު އައްޞުލްތާނުލް ޢާޒީ މުޙައްމަދު ތަކުރުފާނުގެ ދިރިއުޅުމުގެ ކޮންމެ ކަމަކީވެސް އެއިން އިބްރަތް ހާސިލްވާ މުހިންމު ކަންތައްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބޮޑުތަކުރުފާނުގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ފިލްމަކީ، ގައުމަށްޓަކާ ގުރުބާންވި ދަރިއެއްގެ ވާހަކަ ގެނެސްދީ އެއިން މިހާރުގެ ޒުވާނުންނަށް އެތައް އިބުރަތެއް ލިބޭނެ ފިލްމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އުތީމުގައި ބޭއްވި ޖަލްސާގައި އަތޮޅުތަކުގެ ހުރިހާ ރަށްތަކަކުން ބައިވެރިވިއެވެ. އަދި ޤައުމީ ދުވަހާއި ގުޅިގެން އުތީމުގައި އެކިއެކި ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު