އަންނަ އަހަރު މޭމަހު ނިންމާލެވޭނެކަމަށް ކުރިން ލަފާކުރި ވިނަރެސް ފްލެޓްތައް ނިމޭނީ އަންނަ އަހަރުގެ ޖުލައިމަހުކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ މެއިމަހު ނިންމަން ބުނި ފްލެޓްތައް ނިންމުން ޖުލައިމަހަށް ލަސްވީ ކޮވިޑާ ގުޅިގެން ބައެއް ކަހަލަ ސާމާނު ލިބުން ދަތިވެގެން ކަމަށެވެ.
ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޮމްޕެނީން ހަދަމުންދާ ވިނަރެސް އެޕާޓްމަންޓްތަކުގައި 3 ކޮޓަރީގެ ތަންތަނުގެ ބޮޑުމިނަކީ 902 އާއި 883 އަކަފޫޓެވެ. ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި 1،344 ފްލެޓް ހުންނައިރު އެ ހުރިހާ އެޕާޓްމެންޓެއްގައިވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަންޏެއް ހުންނާނެއެވެ.
ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. މި ޔުނިޓްތަކުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާއާ 2.6 މިލިއަން ރުފިޔާއާ ދެމެދުގައެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އެތަންތަނުގެ އަގަކީ 2.7 މިލިއަން ރުފިޔާއާ 2.6 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެކެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. މި ޔުނިޓްތަކުގެ އަގު އުޅެނީ 2.6 މިލިއަން ރުފިޔާގައެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނޭއިރު މި ޔުނިޓްތަކުގެ އަގު އުޅެނީ 2.5 މިލިއަން ރުފިޔާއަށެވެ.
ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ތެރެއިން 200 މީހަކު ވިނަރެސް ފްލެޓަށް ޝައުގުވެރިކަން ފާޅުކުރިނަމަވެސް އެޗްޑީސީން ބުނީ ފްލެޓަށް އެދި ފޯމް ލާފައިވަނީ އޭގެތެރެއިން 75 މީހުން ކަމަށެވެ. ފޯމް ލީމީހުންނަށް ވިނަރެސް ފްލެޓް ލިބޭނަމަ މެސެޖަކުން އަންގާނެ ކަމަށާއި އިވެލުއޭޝަންގައި ފެއިލް ވެއްޖެނަމަ އެ މީހަކަށް އަނބުރާ ހިޔާ ފްލެޓް ދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އޮފިޝަލް ވިދާޅުވީ ވިނަރެސް ފްލެޓް ގަންނަން ބޭނުންވާ އާންމުންނަށްވެސް މިމަހު އެ ފުރުސަތު ހުޅުވާލާނޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު