ފުރިހަމަ ބޮޑު ކާމިޔާބީއެއް ގެނެވޭނީ އަމިއްލަ ނަފުސުން ޤުރުބާނީތަކެއް ވެގެން ކަމަށާއި, ބޮޑުތަކުރުފާނުގެ ޖިހާދުންވެސް ފެންނަން އޮތް ހަޤީޤަތަކީ އެއީކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ޤާއުމީ ދުވަހުގެ މުނާސަބަތުގައި ބޮޑުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވީ ދުނިޔޭގެ ކާމިޔާބުތަކާއި, ނަތީޖާނެރެފައިވާ މީހުންގެ ވާހަކަތަކާއި, އެމީހުންގެ ބައޮގްރަފީއާއި, އަދި ދުނިޔޭގެ ކާމިޔާބީތަކުގެ, ކާމިޔާބީތައް ނެރުއްވުމުގެ ފަލްސަފާވެރިންގެ ބަސްތަކަށް ބަލާއިރުވެސް އެއީ އެންމެން އެއްބަސްވާ ވަރަށްބޮޑު ހަޤީޤަތެއް ކަމަށެވެ.
ބޮޑުތަކުރުފާނުގެ މުޅި ވާހަކައަށް ބަލާއިރުވެސް ފެންނަނީ ވެވަޑައިގެންނެވި ބޮޑު ޤުރުބާނީކަމަށް އިމްރާން ވިދާޅުވިއެވެ. މާތްވެގެންވާ އިސްލާމް ދީނާއި, ދިވެހި ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީ ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އިންސާނަކަށް ތައްޔާރުވެވަޑައިގެންނެވޭނީ އެހާވަރެއްގެ ޤުރުބާނީއަކަށް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީ ޤައުމަށްޓައި ކާބަފައިން ވެވަޑައިގެންފައިވާ ބޮޑެތި ޤުރުބާނީތަކާއި, ޒިކުރާ އާކޮށް އެޤުރުބާނީ ތަކަށް ފަޚުރުވެރިވާ ބަޔަކު ޤައުމުގައި ދެމިތިބެގެންކަމަށެވެ. އަދި ކާބަފައިން ހިފަހައްޓާފައިވާ މަތިވެރި ހަމަތަކާއި, ސިފަތައް ބަލައިގަނެ ދަމަހައްޓައިގެންކަމަށެވެ. އަދި އެކަން ހާސިލުވާނީ ކާބަފައިންގެ ފުށުން ވާރުތަކޮށްފައިވާ ހިތްވަރާއި އަޒުމާއި, ރިވެތި އަހުލާޤީ ސިފަތަކުގެ މައްޗަށް ހެދިބޮޑުވާ ޖީލުތައް ބިނާކޮށް ތަރުބިއްޔަތުކޮށްގެންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސަރުކާރުތަކުން މެދުކެނޑުމެއްނެތި އުތީމުގައި ޤައުމީ ދުވަސް ނުވަތަ ޤައުމީ ޖަލްސާ ބާއްވަމުން ގެންދާ ގެންދިއުމާ ގުޅޭގޮތުންވެސް މިނިސްޓަރ ވާހަކަދެއްކެވިއެވެ. ވިދާޅުވީ އެކަން އެގޮތުގައި ކުރައްވަމުން ގެންދަވަނީ ބޮޑުތަކުރުފާނަށް އެރުވޭ މަތިވެރި އިހުތިރާމަކާއި, ޝަރަފެއްގެ ގޮތުގައިކަމަށެވެ. އަދި އެތަކުރުފާނު އުފަންވެވަޑައިގެންނެވި ރަށުގެ ރައްޔިތުންނަށް އަދާކުރެވޭ އަދަބު ތައުބީނެއްގެ ގޮތުގައިކަމަށެވެ. އެތަކުރުފާނުގެ ކިބައިން ހިތްވަރުލިބިގަނެ މިޤައުމު އަބަދަށްޓަކައި މިނިވަންކަންމަތީގައި ބޭއްވުމަށް ޖިހާދުކުރުމުގެ ހިތްވަރާއި އަޒުމު އާކުރާނެ ބައެއްގެ ގޮތުގައި އުތީމްގެ ރައްޔިތުންނާއި, ރާއްޖޭގެ ރައްޔިތުން ދެމިތިބުމަށް ހިތްވަރުދިނުމަކީ މުހިއްމު ބޭނުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބޮޑުތަކުރުފާނުގެ ހަނދާންތައް ދެމެހެއްޓެވުމަށް އުތީމުގެ ރައްޔިތުން ކުރައްވާ މަސައްކަތްތައްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މެދުކެނޑުމެއްނެތި ބޮޑުތަކުރުފާނުގެ ހަނދާންތައް ދަމަހައްޓަމުން އެތަކުރުފާނުގެ ގަނޑުވަރު ރައްކާތެރިކުރަމުން މިހިސާބަށް ގެނެސްދެއްވިކަމަށްޓަކައި އުތީމުގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޝުކުރާއި ވެދުންތައް އަރިސްކުރަން." އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޤައުމަށްޓަކައި ޤުރުބާންވާން ތައްޔާރަށްތިބި އެތައް ދަރިންތަކެއް އެބަތިބިކަމަށާއި, އެކަމަކު އެދަރިން ދަރިންނަށް ހަދަންޖެހޭކަމަށެވެ. މިނިސްޓަރ މިސާލު ނެންގެވީ "މީހުން މީހުނަށް ވާނީ މީހުނަށް ހެދީމާ" ކަމަށް މުޙައްމަދު ތަކުރުފާނު ވިދާޅުވެ އަމަލުން ދެއްކެވި މިސާލުންނެވެ. މިނިސްޓަރ ޢިމްރާން ވިދާޅުވީ އަޅުގަނޑުމެންގެ މިއަދުގެ ހާލަތާމެދު ވިސްނާ ފިކުރުކޮށް, އަޅުގަނޑުމެންގެ ޤައުމާއިގެން ކުރިއަށްދިއުމަށް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި އަޅުގަނޑުމެންގެ ދަރިން އެގޮތުގައި ބިނާކޮށް ތަރުބިއްޔަތުކުރަން ޖެހޭކަމުގައި އިމްރާން ވިދާޅުވިއެވެ.
މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގެ ފަށްފުށްތަކަށް ރަނގަޅަށް ނަޒަރު ހިންގާލާއިރު އެތާރީޚުގެ ފަށްފުށްތަކުގެ ތެރޭގައި އެންމެ ވިދާ އެންމެ ބަބުޅާ އެންމެ އުޖާލާ އެއްދުވަސްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ 15 އަހަރާއި 6 މަސްދުވަހާއި 14 ދުވަހުގެ އަޅުވެތިކަމުގެ ވޭނާ ކެކުޅުމާއި, ވޭނާއި, ހިތާމަ އާހުގެ އަޑުތަކުން މިންޖުވެ މިނިވަން ދިވެހި އިސްލާމީ ޖައްވަކަށް އަލުން އާރޯކަމާއެކު ނޭވާލާން ފެށިތާ 462 ނުވަތަ 448 އަހަރު ފުރޭ ދުވަސްކަމަށެވެ.
1946 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ޤައުމީ ދުވަހުގެ ގޮތުގައި ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ މާތްވެގެންވާ އިސްލާމް ދީނާއި, ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމުގައި ދެގޮތެއްނުވެ ދިވެހިން ސާބިތުވެ ތިބޭނެކަމުގެ ރަމުޒެއްގެ ގޮތުގައިކަމަށްވެސް ވަޒީރު އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު