ސާފް ޗެމްޕިއަންޝިޕްގެ މިރޭ ކުޅުނު މެޗުގައި ރާއްޖެއިން ފަސޭހަކަމާއެކު ބަންގްލަދޭޝް ބަލިކޮށް ގައުމީ ޓީމު ދިވެހިންގެ އުއްމީދު އާކޮށްދީފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. ރާއްޖެއާއި ބަންގްލަދޭޝް މިރޭ ބައްދަލުކުރި މެޗުގައި ރާއްޖެއަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 10 ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕުގެ އެ ގޯލު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ ގޯލު އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް އޯވާހެޑަކުން ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.
ރާއްޖޭގެ ދެވަނަ ގޯލު ޖެހީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގެވެ. ރާއްޖެއިން ލީޑު ފުޅާކުރި މި ގޯލު އަޝްފާގު ރާއްޖެއަށް ކާމިޔާބު ކޮށްދީފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް، ނާއިޒް ހަސަން އެކަނިމާ އެކަނި އޭރިޔާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލަން އުޅެނިކޮށް، ބަންގްލަދޭޝްގެ ކުޅުންތެރިޔަކު ފަހަތުން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނެލްޓީއެކެެވެ.
މި މެޗު ރާއްޖެ އިން ކާމިޔާބުކުރުމާއެކު ވަރަށް ގިނަ އަދަދެއްގެ ދިވެހިން ވަނީ ދިވެހި ދިދަ އާއެކު މަގުތަކަށް ނުކުމެ އުފާފާޅުކޮށް ސައިކަލު ބުރެއް ބާއްވާފައެވެ.
މިރޭގެ މެޗުން މޮޅުވުމާއެކު ރާއްޖެއަށް ވަނީ ތިން ޕޮއިންޓު ލިބިފައެވެ. ރާއްޖެ މިހާރު އޮތީ ޕޮއިންޓު ތާވަލުގެ ތިންވަނައިގައެވެ. މުބާރާތުގައި ދެވަނައިގައި މެޗުން ބަލިވި ބަންގްލަދޭޝް އޮތްއިރު އެއްވަނައިގައި އޮތީ ރާއްޖެ އަތުން ފުރަތަމަ މެޗުގައި މޮޅުވި ނޭޕާލެވެ. ތާވަލުގެ ފުލުގައި އެއް ޕޮއިންޓާއެކު ސްރީ ލަންކާ އޮތްއިރު ހަތަރުވަނަ ލިބެނީ ދެ ޕޮއިންޓާއެކު އިންޑިއާ އަށެވެ.
މުބާރާތުގައި ދެން މެޗެއް ކުޅޭނީ މިމަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހަވީރެވެ. އެމެޗުގައި ރާއްޖެ ނުކުންނާނީ ލަންކާއާއި ދެކޮޅަށެވެ. އަދި އެރޭ 21:00 ގައި ވަރުގަދަ ނޭޕާލް ބައްދަލުކުރާނީ އިންޑިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު