ރާއްޖޭގައި ކުރިއަށްދާ ވެކްސިން ޕްރޮގްރާމްގެ ދަށުން ޖަހާ 3 ވެކްސިނެއް އިނގިރޭސިވިލާތުން ބަލައިގެންފިއެވެ.

އިނގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުން ބުނީ ރާއްޖޭގައި ކުރިއަށްދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ޖަހަމުންދާ އެސްޓްރާޒެނެކާ، ކޮވިޝީލްޑް އަދި ފައިޒަރ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަަަކަކީ، އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ވެކްސިން ޖަހާފައިވާ މީހުންކަމަށް ބަލައިގަތުމަށް ނިންމާފައިވާކަމަށެވެ. އަދި މި ނިންމުމަށް އަމަލުކުރަން ފަށާނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެންކަމަށްވެސް އިނގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.



އިނގިރޭސިވިލާތުގެ މި ނިންމުމާއި ގުޅިގެން ރާއްޖެއިން ވަނީ އެކަން ފާހަގަކޮށް ޝުކުރުއަދާކޮށް، މަރުހަބާ ކިޔާފައެވެ.



މިކަމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ.



ޔޫކޭއިން ނިންމި ނިންމުމާއި ގުޅިގެން ރާއްޖެއިން އެ ޤައުމަށް ދަތުރުކުރާ ފަރާތްތަކަށް ލުއި ފަސޭޙަތަކެއް ލިބިގެންދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެޗްޕީއޭއިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިތުރު 974 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 463 މީހުންނާއި އަތޮޅުތަކުން ވެކްސިން ފުރިހަމަކުރި 511 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 344123 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު