ތުރުކީވިލާތުގެ އިސްޓަންްބުލްގައި ކުރިއަށްދާ 12 ވަނަ ޓްރާންސްޕޯޓް އެންޑު ކޮމިއުނިކޭޝަން ފޯރަމްގައި ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ބައިވެރިވެޑައިގެން، ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވައިފިއެވެ.
ޓްރާންސްޕޯޓް އެންޑު ކޮމިއުނިކޭޝަން ފޯރަމަކީ މިމަހުގެ 6 އިން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފޯރަމެކެވެ.
މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އައިޝަތު ނަހުލާ ވަނީ ފޯރަމްގެ ތެރެއިން ބޭއްވި މިނިސްޓްރީއަލް ރައުންޑް ޓޭބަލް މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވާފައެވެ.
މިނިސްޓަރ ނަހުލާ ދެއްކެވި ފާހަކަފުޅުގައި ރާއްޖޭގެ ސަރުކާރުން ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ ނެޓު ޒީރޯ ޤައުމަކަށް ހެދުމަށްޓަކައި، ސަރުކާރުން އަމާޒް ހިފާފައިވާއިރު، މި އަމާޒް ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތުވެސް މިނިސްޓަރ ނަހުލާވަނީ ފޯރަމްގެ ބައިވެރިންނާއި ހިއްސާކުރަށްވާފައެވެ.
12ވަނަ ޓްރާންސްޕޯޓް އެންޑު ކޮމިއުނިކޭޝަން ފޯރަމްގައި 15 ޤައުމެއްގެ ޓްރާންސްޕޯޓު މިިނިސްޓަރުން ބައިވެރިވާއިރު، އެޤައުމުތަކަކީ އަޒަރުބައިޖާން، ޖޯޖިއާ، އިރާން، އިރާޤް، ލީބިއާ، ކަޒަކިސްތާން، ކިރްގިސްތާން، ދިވެހި ރާއްޖެ، މޮރިޓޭނިއާ، މޮރޮކޯ، ނޮތާން ސައިޕްރަސް، ފަލަސްތީން، ސުދާން އަދި ތުރުކީއެވެ.
މިއަހަރުގެ ފޯރަމްގެ ޝިއާރަކީ، "ލޮޖިސްޓިކްސް- މޮބިލިޓީ- ޑިޖިޓަލައިޒޭޝަން" އެވެ.

Minister @aishath_nahula participated in the opening ceremony of the 12th Transport and Communication Forum held in Istanbul. (1/3) pic.twitter.com/Po9h5hV9cJ
— Ministry of Transport and Civil Aviation (@MoTCAmv) October 7, 2021
12ވަނަ ޓްރާންސްޕޯޓް އެންޑު ކޮމިއުނިކޭޝަން ފޯރަމްގައި 15 ޤައުމެއްގެ ޓްރާންސްޕޯޓު މިިނިސްޓަރުން ބައިވެރިވާއިރު، އެޤައުމުތަކަކީ އަޒަރުބައިޖާން، ޖޯޖިއާ، އިރާން، އިރާޤް، ލީބިއާ، ކަޒަކިސްތާން، ކިރްގިސްތާން، ދިވެހި ރާއްޖެ، މޮރިޓޭނިއާ، މޮރޮކޯ، ނޮތާން ސައިޕްރަސް، ފަލަސްތީން، ސުދާން އަދި ތުރުކީއެވެ.
މިއަހަރުގެ ފޯރަމްގެ ޝިއާރަކީ، "ލޮޖިސްޓިކްސް- މޮބިލިޓީ- ޑިޖިޓަލައިޒޭޝަން" އެވެ.
ކިޔުންތެރިންގެ ހިޔާލު