ރާއްޖޭގައި ތުއްތު ކުދިންނަށް ޖެހޭ ވަރުގަދަ ރޯގާއެއް ފެތުރެމުންދާކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކުޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކުޓަރ އަހުމަދު ފައިސަލް ވިދާޅުވީ މި ދުވަސްވަރު ތުއްތު ކުދިންނަށް ޖެހޭ ރޯގާ ވަަރަށް "ބޯ" ކަމަށެވެ. އަދި މި ރޯގާގައި ތުއްތު ކުދިންނަށް ވަރަށް ބޮޑުވަރު ވާ ކަމަށާއި އެގޮތުން މި ރޯގާގައި ކެއްސަމުން ގޮސް ވަރުބަލިވެ ހިނދޭގޮތްވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. ޑރ. ފައިސަލް ވަނީ އެ ރޯގާއިން ރައްކާތެރިވުމަށް އިރުޝާދު ތަކެއް ދެއްވާފައެެވެ.



އެގޮތުން ތުއްތު ކުދިން އުރާއިރު އަތްދޮވުމަށާއި، ގެއިން ބޭރުން އައިސް އަތް ދޮވުމަށާއި ރޯގާޖެހިފައި ހުރިނަމަ ގޭގެއަށް ވަދެ ނުހެދުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ.

"އިންފުއުލެންޒާއާއި އެހެނިހެން ވެކްސިން ޖެހުމަކީ ރޯގާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެއް." ޑރ. ފައިސަލް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖެހޭ ރޯގާއެއް ރާއްޖޭގައި ފެތުރެމުންދާއިރު، މި ދުވަސްވަރު ބޮޑެތި މީހުންނަށްޖެހޭ އާންމު ރޯގާ ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު