އައްޑޫ ސިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ކޯވިޑް ޖެހިގެން ނިޔާވީ އުމުރުން 97 އަަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ނިޔާވީ މިއަދު ހެނދުނު 7:50 ހާއިރުކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ނިޔާވި މީހާއަކީ ކޯވިޑް ޖެހިގެން އިތުރު ފަރުވާ ދިނުމަށް ފުވައްމުލަކު ސިޓީން އައްޑޫ ކޯވިޑް މެޑިކަލް ފެސިލިޓީއަށް ގެނައި މީހެއްކަމަށެވެ.



އައްޑޫ ސިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ނިޔާވިއިރު، މިއީ އައްޑޫ ސިޓީގައި ކޯވިޑަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި 4 ވަނަ މީހާއެވެ. އަދި ރާއްޖެއިން މިބަލި ޖެހިގެން ނިޔާވި 233 ވަނަ މީހާއެވެ،



ކިޔުންތެރިންގެ ހިޔާލު