ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީން 2050 ވަނަ އަހަރުގެ ނިޔަލަށް ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުމަށް އަމާޒު ހިފާފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ޔޫއޭއީން ވަނީ ނެޓް ޒީރޯ 2050 ގެ ސްޓްރެޓީޖިކް އިނީޝިއޭޓިވް އިއްޔެ އިއުލާންކޮށްފައެވެ.
އެނިންމުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އަބޫދާބީގެ ވަލީއަހުދު މުހައްމަދު ބިން ޒައިދަށް ޝުކުރު އަދާކުރަށްވާފައެވެ.
މީގެއިތުރުން ރައީސް ސާލިހު ވަނީ ތިމާވެށީގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވުމުގައި ޔޫއޭއީއާ އެހެން ޤައުމުތަކާއި ގުޅިގެން ފެށި މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔާކަން ހާމަ ކުރަށްވާފައެވެ.
ރާއްޖެއިންވެސް ދަނީ ނެޓް ޒީރޯ އެމިޝަން ޤައުމަކަށް ވާސިލްވުމަށް މަސައްކަތްކުރަމުންނެވެ. ނެޓް ޒީރޯ އެމިޝަން ގައުމަކަށްވުމަށްޓަކައި އިޖްތިމާއީ ގޮތުންނާއި އިގްތިޞާދީ ގޮތުން އަދި ތިމާވެށީގެ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭއިރު, އެންމެ ބޮޑު ބަދަލެއް ގެންނަންޖެހޭނީ ހަކަތައިގެ ދާއިރާއަށްކަން ރާއްޖެއިންވަނީ ހާމަކޮށްފައެވެ.
ޚާއްސަކޮށް ރާއްޖޭގައި ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވާ، ހަކަތައިގެ ސިނާއަތަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ސިނާއަތަކަށް ހަދަން ޖެހޭއިރު، ސަރުކާރުން ވަނީ ވިހަގޭސް މަދުކުރުމުގެ ލަނޑުދަނޑި ނުވަތަ ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓްގެ މިންވަރު 2030ގެ ނިޔަލަށް 26 އިންސައްތައަށް އިތުރު ކުރުމަށް ނިންމާފައެވެ.

Thank you Your Highness @MohamedBinZayed. Maldives warmly welcomes the UAE’s Net Zero 2050 Initiative and look forward to working closely with UAE and other partners on fostering greater sustainability initiatives and addressing the global climate emergency. https://t.co/ctLPato2ac
— Ibrahim Mohamed Solih (@ibusolih) October 7, 2021
ރާއްޖެއިންވެސް ދަނީ ނެޓް ޒީރޯ އެމިޝަން ޤައުމަކަށް ވާސިލްވުމަށް މަސައްކަތްކުރަމުންނެވެ. ނެޓް ޒީރޯ އެމިޝަން ގައުމަކަށްވުމަށްޓަކައި އިޖްތިމާއީ ގޮތުންނާއި އިގްތިޞާދީ ގޮތުން އަދި ތިމާވެށީގެ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭއިރު, އެންމެ ބޮޑު ބަދަލެއް ގެންނަންޖެހޭނީ ހަކަތައިގެ ދާއިރާއަށްކަން ރާއްޖެއިންވަނީ ހާމަކޮށްފައެވެ.
ޚާއްސަކޮށް ރާއްޖޭގައި ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވާ، ހަކަތައިގެ ސިނާއަތަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ސިނާއަތަކަށް ހަދަން ޖެހޭއިރު، ސަރުކާރުން ވަނީ ވިހަގޭސް މަދުކުރުމުގެ ލަނޑުދަނޑި ނުވަތަ ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓްގެ މިންވަރު 2030ގެ ނިޔަލަށް 26 އިންސައްތައަށް އިތުރު ކުރުމަށް ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު