ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝްގެ މައްޗަށް ދިވެހި ގައުމީ ޓީމު ކުރި ހޯދުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ގައުމީ ޓީމަަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ބަންގުލަދޭޝާ ދެކޮޅަށް ނުކުމެ ރާއްޖެ މެޗު ކާމިޔާބުކުރީ 2 - 0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވުމާއެކު ރާއްޖެއަށް ވަނީ ސާފް ޗެމްޕިއަންޝިޕް މުބާރާތުން ތިން ޕޮއިންޓު ލިބިފައެވެ. ރާއްޖެ މިހާރު އޮތީ ޕޮއިންޓު ތާވަލުގެ ތިންވަނައިގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ގައުމީ ޓީމު ރޭ ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ މާތް ﷲ އިރާދަފުޅުން ސާފް ޗެމްޕިއަން ޝިޕް ފުޓުބޯޅަ މުބާރަތް ރާއްޖެއަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"ފޯކަސް ނުގެއްލި އަމާޒު ހިފަހައްޓަވާ." ދިވެހި ގައުމީ ޓީމަށް ހިތްވަރު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ގައުމީ ޓީމު ރޭ ހޯދި ކާމިޔާބީއަށް ރައީސް ސާލިޙު ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. ރައީސް އިބްރާހިމް މުހަންމަދު ސާލިހު ވިދާޅުވީ، ދިވެހި ޓީމު ހޯދި މޮޅާއި މެދު މުޅި ގައުމު ފަހުރުވެރިވާ ކަމަށެވެ. އަދި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ވެސް ރޭ ކުޅުނު ރޫހާއި ހިތްވަރު ނެރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. މި މުބާރާތުގައި ރާއްޖެ ދެން ނުކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ. އެމެޗް އޮންނާނީ މިމަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ.

Raajjeyge qaumee football team ah varah bodah marhaba. Iraadhakureviyya kaamiyaab vaane. Focus nugelli, amaaz hifahattava @MaldivesFA #SAFFChampionship2021
— Mohamed Nasheed (@MohamedNasheed) October 8, 2021
"ފޯކަސް ނުގެއްލި އަމާޒު ހިފަހައްޓަވާ." ދިވެހި ގައުމީ ޓީމަށް ހިތްވަރު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ގައުމީ ޓީމު ރޭ ހޯދި ކާމިޔާބީއަށް ރައީސް ސާލިޙު ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. ރައީސް އިބްރާހިމް މުހަންމަދު ސާލިހު ވިދާޅުވީ، ދިވެހި ޓީމު ހޯދި މޮޅާއި މެދު މުޅި ގައުމު ފަހުރުވެރިވާ ކަމަށެވެ. އަދި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ވެސް ރޭ ކުޅުނު ރޫހާއި ހިތްވަރު ނެރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. މި މުބާރާތުގައި ރާއްޖެ ދެން ނުކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ. އެމެޗް އޮންނާނީ މިމަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ.
ކިޔުންތެރިންގެ ހިޔާލު