މާލެ ހުޅުމާލޭ ގުޅާލާފައި އޮންނަ ހަލިމަގުން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 19:45 އެހާކަންހާއިރު ކަމަށާއި މި ހާދިސާ ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި އޮންނަ ހަތަރު ލޭނު ހިމެނޭ ސަރަހައްދުން ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ. އެހެން ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އަނިޔާ ލިބުނު މީހާއަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. މާލެ/ހުޅުލެ/ހުޅުމާލޭ ގުޅުވާލާފައި އޮންނަ ބްރިޖާއި ހަލި މަގުގައި ދޭތެރެއަކުން މިފަދަ އެކްސިޑެންޓްތައް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު