ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝް ރޭ ބައްދަލު ކުރި މެޗުން ރާއްޖެއަށް ލިބުނު ކާމިޔާބީގައި އެންމެ މުހިންމު ރޯލެއް އަދާކުރި 12 ވަނަ ކުޅުންތެރިޔާއަށް އަލީ އަޝްފާގު (ދަގަނޑޭ) ޝުކުރުއަދާކޮށްފިއެވެ.
ދަގަނޑޭ މިއަދު ބުނެފައިވަނީ، އެންމެ ބޮޑު ޝުކުރެއް ޙައްގުވަނީ ހިތްވަރު ގެއްލުވާނުލާ ޓީމާއެކު ތިބި ދިވެހި ސަޕޯޓަރުންނަށް ކަމަށާއި، ހިތުގެ ފުންމިނުން ދިވެހި ސަޕޯޓަރުންނަށް ޝުކުރުއަދާކުރާކަމަށެވެ. އަދި ކުރިއަށް އޮތް މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިދޭން މަސައްކަތް ކުރާނެކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ގަލޮޅު ދަނޑުގައި ރޭ ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުން ރާއްޖެ މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެންމެ ފުރަތަމަ ރާއްޖެއަށް ލަނޑެއް ކާމިޔާބު ކޮށްދީފައިވަނީ ހަމްޒާ މުހައްމަދެވެ. ލިބުނު ޕެނަލްޓީއަކުން ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ ދަގަނޑޭއެވެ.
ރޭގެ މެޗު ފެށުނީއްސުރެ ނިމެންދެން ދަނޑު ބޭރުގައި 12 ވަނަ ކުޅުންތެރިޔާ ނުވަތަ ދިވެހި ސަޕޯޓަރުން ޓީމަށް ދިން ސަޕޯޓް ދަގަނޑޭ ފާހަގަ ކުރި ފަދައިން ދަނޑަށް ވަދެ ތިބި މީހުންނާއި ދަނޑަށް ނުވަދެ ޓީވީ ތަކުގެ ދަށުގައާއި ބޮޑު ސްކްރީން ބަހައްޓައިގެން ކުޅި ބަލަން ތިބި ދިވެހީން ދިވެހި ޓީމަށް ދެމުން ގެންދިޔަ ތަރުހީބަކީ ފާހަގަ ކޮށްލެވޭ ވަރުގެ ތަރުހީބެކެވެ. ދިވެހި ޓީމުން ގޯލެއް ޖެހުމާއެކު މުޅި ގައުމު އުފަލުން އުތުރު އަރައިގެން ގޮސް ގިނަ ބަޔަކު ވަނީ އެވަގުތުން ފެށިގެން މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށާފައެވެ.

Thank you #12thPlayer ⚽️🇲🇻 pic.twitter.com/m0giFHPHI0
— Ali Ashfaq (@AliAshfaq07) October 7, 2021
ގަލޮޅު ދަނޑުގައި ރޭ ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުން ރާއްޖެ މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެންމެ ފުރަތަމަ ރާއްޖެއަށް ލަނޑެއް ކާމިޔާބު ކޮށްދީފައިވަނީ ހަމްޒާ މުހައްމަދެވެ. ލިބުނު ޕެނަލްޓީއަކުން ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ ދަގަނޑޭއެވެ.
ރޭގެ މެޗު ފެށުނީއްސުރެ ނިމެންދެން ދަނޑު ބޭރުގައި 12 ވަނަ ކުޅުންތެރިޔާ ނުވަތަ ދިވެހި ސަޕޯޓަރުން ޓީމަށް ދިން ސަޕޯޓް ދަގަނޑޭ ފާހަގަ ކުރި ފަދައިން ދަނޑަށް ވަދެ ތިބި މީހުންނާއި ދަނޑަށް ނުވަދެ ޓީވީ ތަކުގެ ދަށުގައާއި ބޮޑު ސްކްރީން ބަހައްޓައިގެން ކުޅި ބަލަން ތިބި ދިވެހީން ދިވެހި ޓީމަށް ދެމުން ގެންދިޔަ ތަރުހީބަކީ ފާހަގަ ކޮށްލެވޭ ވަރުގެ ތަރުހީބެކެވެ. ދިވެހި ޓީމުން ގޯލެއް ޖެހުމާއެކު މުޅި ގައުމު އުފަލުން އުތުރު އަރައިގެން ގޮސް ގިނަ ބަޔަކު ވަނީ އެވަގުތުން ފެށިގެން މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު