ދުބާއީގައި މިހާރު ކުރިއަށްދާ "އެކްސްޕޯ 2020" އަކީ ވަރަށް ކާމިޔާބު އެކްސްޕޯއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދުބާއީގައި މިމަހުގެ އެެއްވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ވޯލްޑް އެކްސްޕޯއަކީ ގައުމުތަކުގެ ސަރުކާރުތަކާއި ބޮޑެތި ކުންފުނިތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އާންމުން ގުޅުވައިދީ، ދިރާސަތަކާއި އައު އީޖާދީތައް މެދުވެރިކޮށް ދުނިޔެއަށާއި އާބާދީތަކަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށް ޓަކައި 1851 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެކްސްޕޯއެވެ. މިއީ ކޮންމެ ފަސް އަހަރުން އެއް އަހަރު ބާއްވާ ވޯލްޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވާ ހަތަރު ވަނަ ފަހަރު ކަން ފާހަަގަކޮށްލެވެއެވެެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވަނީ ރާއްޖޭގެ އެކްސްޕޯއަށް މިއަދު ޒިޔާރަތް ކުރައްވައި އެކްސްޕޯ ބައްލަވާލައްވާފައެވެ. ރާއްޖޭގެ އެކްސްޕޯއަށް ޒިޔާރަތް ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ މިފަހަރު ކާމިޔާބު އެކްސްޕޯއެއް ބޭއްވިގެންދިޔުމަކީ ރާއްޖެއަށް ލިބޭ ފަޚުރެއް ކަމަށެވެ. އަދި އެކްސްޕޯ އުފައްދައި، ތައްޔާރުކޮށް ހުޅުވާފައިވަނީ ރައީސް ސާލިޙުގެ ބެއްލެވުމުގެ ދަށުން ކަމަށާއި، އެމަސައްކަތް ކުރިއަށް ގެންދެވިއިރު އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެކަން ވަރަށް ގާތުން ބައްލަވަމުން ގެންދެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އިކޮންމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްޓަރީއާއި ހީވާގި ކަމާއެކު މިކަމުގައި ބައިވެރިވެ މުވައްޒަފުން ކާމިޔާބަކަށް މުޅި އެކްސްޕޯ ހައްދަވާފަައިވާކަމީ އަޅުގަނޑުމެން ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޑުބާއި އެކްސްޕޯ 2020ގައި ރާއްޖޭގެ ޕެވީލިއަން ގާއިމުކޮށްފައިވަނީ އެކްސްޕޯގެ ތިން ޑިސްޓްރިކްޓުގެ ތެރެއިން "ސަސްޓެއިނަބިލިޓީ" އަވަށުގައެވެ.
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އެކްސްޕޯގައި 200 އަށްވުރެ ގިނަ ގައުމުން ބައިވެރިވެއެެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި އަހަރުގެ އެކްސްޕޯއަށް ދުވާލަކު ތިން ލައްކަ މީހުން އަދި މުޅި ޖުމްލަ 25 މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
ރާއްޖޭގެ ޕެވީލިއަން ފަރުމާކޮށްފައިވަނީ ރާއްޖެ ރަމްޒުކޮށްދޭ ރީތި ގުދުރަތީ މަންޒަރުތަކުގެ އިތުރުން، ރާއްޖެ މިއަދާ ހަމައަށް ކޮށްފައިވާ ތަރައްގީގެ ދަތުރުގައި ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމާއި ސިޔާސަތުތަކާއި ރާއްޖޭގެ ތާރީހާއި ސަގާފަތް ފެނިގެންދާފަދަ ގޮތަކަށެވެ.
މީގެ އިތުރުން ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް، ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އުފެއްދުންތައް ވިއްކަން ހާއްސަކޮށްފައިވާ ވޯލްޑް މާކެޓުން ލިބެން ހުންނާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ވަނީ ބުނެފައެވެެ.
މި އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ދިވެހި ސަރުކާރުން ތަފާތު ދާއިރާތަކަށް އަމާޒުކޮށްގެން އިންވެސްޓްމަންޓް ފޯރަމްތަކާއި ހާއްސަ އިވެންޓުތައް ކުރިއަށްގެންދާނެއެވެ. އެ ފޯރަމްތަކާއި އިވެންޓުތަކުގައި ރާއްޖޭގައި ހުރި ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާގޮތަށް ވަނީ ނިއްމާފައެވެ. އެކްސްޕޯ 2020ގެ ބައިވެރިއެއްގެ ހައިސިއްޔަތުން ރާއްޖޭގެ "އޮނަ ޑޭ"ގެ ގޮތުގައި ފާހަގަ ކުރަން ހާއްސަކޮށްފައިވާ ދުވަހަކީ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހެވެ. އެ ދުވަހު ރާއްޖޭގެ އޮނަ ޑޭ ފާހަގަ ކުރަން ހާއްސަ ހަފުލާއެއް ބޭއްވުމުގެ އިތުރުން މުޅި އެކްސްޕޯގެ ސައިޓުގައި ރާއްޖޭގެ ސަގާފީ ހަރަކާތްތައް ދައްކާލާ ގޮތަށް ވަނީ ހަމަޖެހިފައެެވެ.

ކިޔުންތެރިންގެ ހިޔާލު