ބޭރުގެ ސިފައިން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތިބުމަށް ތާއީދު ނުކުރައްވާ ކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
އެމްއެންޕީ އުފެއްދުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަަވމުން އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހަންމަދު ނާޒިމް ވިދާޅުވީ، ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއްވެސް ބޭރު މީހުންނަށް ދިނުމަށް އެޕާޓީން ތާއީދު ނުކުރާނެކަމަށެވެ. ބޭރުގެ ސިފައިންނަށް ތިބެވޭނެ ޖާގަ ދިނުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށާއި އެކަން ކުރެވޭނެ ޖާގަ އެމްއެންޕީގެ ވެރިކަމެއްގައި ނުދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ބޭރުގެ ގައުމުތަކުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭ ގޮތް ހެދުމަކީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވައުދެއް ކަމަށެވެ. ނާޒިމް ވިދާޅުވީ އެމްއެންޕީން ސިޔާސީ މައިދާނުގައި މަސައްކަތް ކުރާނީ ރައްޔިތުންގެ މަސްލަހަތުގައި ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތާއި އިސްތިގުލާލާއި ކުޅުމުގެ އެއްވެސް ޖާގައެއް އެމްއެންޕީ އޮއްވައި ނުދެވޭނެކަމަށެވެ. ނާޒިމް ވިދާޅުވީ އަމާޒަކީ 2023ގެ އިންތިޚާބަށް އެ ޕާޓީގެ ކެންޑިޑޭޓަކު ނެރެ އިންތިޚާބު ކާމިޔާބު ކުރުން ކަމަށެވެ.
ރޭގެ ޖަލްސާގައި ޕާޓީގެ އަމާޒާއި ވައުދުގެ ގޮތުގައި ބައެއް ކަންކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން އަދުލު އިންސާފު ގާއިމުކުރުމަށް ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމާއި ރައްޔިތުންގެ އިތުބާރު އޮންނަ ބަޔަކަށް ހެދުމާއި، ސަރުކާރުން ހިދުމަތް ހޯދުމަށް ރައްޔިތުން ސަލާންޖެހުން ހުއްޓުވުމަށް ހިދުމަތްތައް ޒަމާނީކުރުމާއި އައިޑީ ކާޑާއި ލައިސެންސް ކާޑު އޯޓޯ-ރިނުއަލްކޮށް ލިބޭނެ ގޮތް ހެދުން ހިމެނެއެވެ. މީގެ އިތުރުން ރައްޔިތުންނަށް ތަކުލީފުވާ ގޮތަށް ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އުވައިލުމާއި ހުރިހާ ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި އުސޫލުން ބޭރުން ފްލެޓް ދިނުމުގެ ސަގާފަތް ހުއްޓުވުމާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި އާބަން ސެންޓަރުތައް ހަދައި މާލެ އަށް ތޮއްޖެހުން ކުޑަކުރުން އެމްއެންޕީގެ ވައުދުތަކުގެ ތެރޭގައި ހިމެނެއެެވެ.
އަދި ޖީބަށް ލުއިކޮށް ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމާއި، ކިއުގައި ނުޖެހި ސިއްހީ ހިދުމަތް ލިބޭ އިންތިޒާމު ހަމަޖެއްސުމާއި ސިއްހީ ދާއިރާ ހަރުދަނާކުރުމާއި އެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ރަނގަޅު އުޖޫރައެއް ދިނުމާއި 90 އިންސައްތަ ނަރުހުނަކީ ދިވެހިންނަށް ހަދައި 70 އިންސައްތަ ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓު ޑޮކްޓަރުންނަކީ ވެސް ދިވެހިންނަށް ހެދުމުގެ އިތުރުން ރާއްޖޭގައި ޓެކްނޮލޮޖީގެ އިންޑަސްޓްރީއެއް ގާއިމުކޮށް ޒުވާނުންނަށް ފުރުސަތު ގިނަކޮށްދިނުމާއި
ތައުލީމު ހިދުމަތް ދޭ މީހުން ފުއްދުންތެރި ބަޔަކަށް ހެދުމަކީ ވެސް އެޕާޓީގެ އަމާޒެކެވެ.
މީގެ އިތުރުން ދިވެހި އުފެއްދުންތަކުގެ އަގު ހިފެހެއްޓުމާއި މަސްވެރިކަމުގެ އާމްދަނީ އިތުރުކޮށްދިނުން ވެސް އެޕާޓީގެ ވައުދުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު