ނަޝީދު ބީބީސީއަށް ދިންް އިންޓރވިއު ތެރެއިން
ނަޝީދު ބީބީސީއަށް ދިންް އިންޓރވިއު ތެރެއިން
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ވާހަކަ ދައްކަވަނީ، 48 ގައުމުގެ ހައްގުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސީއެންއެންއަށް ދިން އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރިޔާސަތު ބަލަހައްޓަވާ "ކްލައިމެޓް ވަލްނަރަބްލް ފޯރަމް" ގައި އެމަނިކުފާނު ތަމްސީލްކުރައްވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރާ 48 ގައުމުކަމަށެވެ.

އެގޮތުން މި 48 ގައުމުގެ ހައްގުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޮޑެތި ގައުމުތަކުގައި މޫސުމީ ބަދަލުތަކާއެކު އަމިއްލަ ގެދޮރުން ނުކުމެ ހިކިފަސްތަނެއް ހޯދުމުގެ މަސައްކަތް ކުރެވިދާނެކަމަށާއި، ނަމަވެސް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި އެހެން ހޯދާނެ ބިމެއް ނޯންނާނެ ކަމަށެވެ.

ދުޅަހެޔޮ ވެއްޓެއްގައި ދިރިއުޅުމަކީ އިންސާނީ ހައްގެއްގެ ގޮތުގައި ކަނޑައެޅުމަށް ރާއްޖެ ހިމެނޭ ގޮތަށް ޖަޒީރާ ގައުމުތަކާ ގުޅިގެން އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށައަޅާފައިވާ ރިސޮލިއުޝަން ފާސްވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ކާރިސާއެއް ދިމާވެ އަމިއްލަ ގެދޮރު ގެއްލޭ ހިނދުގައި އދ އިން އެކަން ވީގޮތް ބަލަން އެދޭނެ ކަމަށެވެ.

ހައެއް މޭގެ ޓެރަރިސްޓް ހަމަލާއަށް ފަހު ބޭސްފަރުވާއަށް ވަޑައިގެންނެވި ގޮތަށް ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ރައީސް ނަޝީދު ގެންދަވަނީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ މޫސުމާބެހޭ އެކި ބައްދަލުވުން ތަކާއި ފޯރަމްތަކުގައި ރާއްޖެއާއި އަދި އަމިއްލަފުޅު ނަންފުޅުގައި ވެސް ރާއްޖެ ތަމްސީލް ކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު