އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، މި މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވައިފި އެވެ.
މިކަން ހާމަކުރަށްވައި މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ތަކުލީފުތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް މިހާރު ކުރިމަތިވާ އުނދަގޫތަކާއި ގޮންޖެހުންތަކަށް ވީހާވެސް އަވަހަކަށް ހައްލު ހޯދުމަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވަމުންދާ ކަމަށް ވެސް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދަޢުވަތަކަށް މިހާރު ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރަށްވަމުން ގެންދަވާ މިނިސްޓަރ ޝާހިދު މިކަމާ ގުޅިގެން "ރަސްއޮންލައިން" އާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތުމާއެކު މިހާތަނަށް ވެސް ދިވެހިންނަށް ވިސާދިނުން އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވަނީ ޚާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ. އެގޮތުން، މި ޚާއްސަ އުސޫލުގެ ދަށުން އިންޑިއާއަށް ދިއުމަށް ވިސާ ދޫކުރަމުން ދިޔައީ ހަމައެކަނި ދިވެހިންނަށްކަން ވެސް މިނިސޓަރ ޝާހިދު ވަނީ ފާހަގަކުރައްވަފައެވެ.
"ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ތަކުލީފުތައް އަޅުގަނޑަށް އެނގޭ. މިހާތަނަށްވެސް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިއޮތުމުން، ދިވެހިންނަށް ވިސާދެމުން ގެންދަނީ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ އުސޫލެއްގެ ދަށުން. މިހާރު ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށް އަޅުގަނޑު މި އަންނަނީ މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަދައްކަމުން. ވަރަށް އަވަހަށް ޙައްލެއް ލިބޭނެކަމަށް ޔަޤީން ކުރަން." އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
އިންޑިއާގެ ބޯޑަރު މިދިޔަ އަހަރުގެ މާޗް މަހު ބަންދުކޮށްފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަން އިންތިހާއަށް އެ ގައުމުގައި ފެތުރެމުން ދިއުމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. މިކަމާ ގުޅިގެން ފަތުުރުވެރިންނަށް އިންޑިއާއަށް ދަތުރު ނުކުރެވޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަންނަ ހަފްތާގައި އެ ގައުމު ހުޅުވާލަން ވަނީ ނިންމާފައެވެ. އެގޮތުން އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ބައިނަލްއަގްވާމީ ފްލައިޓުތަކުގައި ފަތުރުވެރިންނަށް ދަތުރު ކުރުމުގެ ހުއްދަ މި މަހުގެ 15 ގައި ދޭނެ ކަމަށެވެ.

Am aware of the difficulties Maldivians are facing in getting medical visas to 🇮🇳, despite special arrangements for Maldivian nationals to facilitate easier process, especially given border closure.
— Abdulla Shahid (@abdulla_shahid) October 9, 2021
Am in touch with Indian Gov on this. Confident we can find a solution shortly.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދަޢުވަތަކަށް މިހާރު ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރަށްވަމުން ގެންދަވާ މިނިސްޓަރ ޝާހިދު މިކަމާ ގުޅިގެން "ރަސްއޮންލައިން" އާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތުމާއެކު މިހާތަނަށް ވެސް ދިވެހިންނަށް ވިސާދިނުން އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވަނީ ޚާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ. އެގޮތުން، މި ޚާއްސަ އުސޫލުގެ ދަށުން އިންޑިއާއަށް ދިއުމަށް ވިސާ ދޫކުރަމުން ދިޔައީ ހަމައެކަނި ދިވެހިންނަށްކަން ވެސް މިނިސޓަރ ޝާހިދު ވަނީ ފާހަގަކުރައްވަފައެވެ.
"ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ތަކުލީފުތައް އަޅުގަނޑަށް އެނގޭ. މިހާތަނަށްވެސް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިއޮތުމުން، ދިވެހިންނަށް ވިސާދެމުން ގެންދަނީ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ އުސޫލެއްގެ ދަށުން. މިހާރު ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށް އަޅުގަނޑު މި އަންނަނީ މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަދައްކަމުން. ވަރަށް އަވަހަށް ޙައްލެއް ލިބޭނެކަމަށް ޔަޤީން ކުރަން." އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
އިންޑިއާގެ ބޯޑަރު މިދިޔަ އަހަރުގެ މާޗް މަހު ބަންދުކޮށްފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަން އިންތިހާއަށް އެ ގައުމުގައި ފެތުރެމުން ދިއުމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. މިކަމާ ގުޅިގެން ފަތުުރުވެރިންނަށް އިންޑިއާއަށް ދަތުރު ނުކުރެވޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަންނަ ހަފްތާގައި އެ ގައުމު ހުޅުވާލަން ވަނީ ނިންމާފައެވެ. އެގޮތުން އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ބައިނަލްއަގްވާމީ ފްލައިޓުތަކުގައި ފަތުރުވެރިންނަށް ދަތުރު ކުރުމުގެ ހުއްދަ މި މަހުގެ 15 ގައި ދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު