އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޑުކޮށްފައި ހުރި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ސަސްޕެންޝަން އުވާލައިފިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މަހުލޫފު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެއްވީ މިއަހަރުގެ ޖޫން ނުވަވަނަ ދުވަހު އެވެ. މަހުލޫފް ސަސްޕެންޝަންގައި ހުންނަވާތާ މިއަދަށް ވަނީ ހަތަރު މަސް ދުވަސްވެފައެވެ.
މަހުލޫފުގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފައިވަނީ ހަތަރު މަސް ދުވަސްވީއިރުވެސް އެ މައްސަލާގައި ދައުވާކޮށްފައިނުވާތީ ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަތައް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުން ވަކިކުރައްވަން ސަރުކާރުން ވަނީ ނިންމަވާފަ އެވެ. ނަމަވެސް މަހުލޫފު އަލުން އޮފީހަށް ނުކުމެވަޑައިގަތުމަށް އެންގެވީ މަހުލޫފުގެ މައްޗަށް ދައުވާ ކުރެވޭނެ މިންވަރަށް ހެކި ނެތުމުން ކަމަށް އެނގިފައިވެއެވެެ.
މި މައްސަލާގައި ހެކި ހޯދުމާއި ދައުވާ ކުރެވޭތޯ ބެލުމަށް ޕީޖީ މަސައްކަތް ކުރައްވާތާ ހަތަރު މަސް ދުވަސްވީއިރު މައްސަލައިގެ ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެ ގޮތުން ޗެއިން އޮފް ކަސްޓަޑީއެއްނެތް ޗެޓްލޮގެއްގެ އެނެލެސިސް ހެދި ކަމަށް ބުނާ ފޮރެންސިކު ކުންފުންޏެއްގެ ހެކިބަސް ހޯދަން އަމަލުކުރި ގޮތާއި ސްރީލަންކާގެ ރައްޔިތެއްގެ ބަޔާން އެ ގައުމުގެ ގާނޫނުތަކާއި އަދި ރާއްޖޭގެ ގާނޫނުތަކާވެސް ހިލާފަށް ނެގުން ފަދަ މައްސަލަތަކެއް ވަނީ ހާމަވެފައެވެ.
އޭސީސީ އިން ބުނީ މަޚުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މައްސަލަ ޕީޖީއަށް ފޮނުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.
އެގޮތުން މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާކަން އެނގޭ ކަމަށް އޭސީސީ އިން ވަނީ ބުނެފައެެވެ. އެހެން ނަމަވެސް އެ ތުހުމަތުތައް މަހުލޫފް ދޮގުކުރައްވައެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި މީގެ ކުރިންވެސް މަހުލޫފް ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވެއެެވެ. އެއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް އޭސީސީ އާއި ފުލުހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކޮށްދިނުމުން މަޚުލޫފްގެ ސަސްޕެންޝަން އެފަހަރުވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު