އައްޑޫ ސިޓީ ކައުންސިލުން އައްޑޫއަށް ވަކި އެއާރލައިނެއް އުފެއްދުމަށް މަސައްކަތް ފަށަންޖެހޭކަމަށް ސައިރިކްސް ގްރޫޕްގެ ޗެއަރމަން މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސަައިރިކްސް ޝަރީފް ވިދާޅުވީ އައްޑޫގެ ގަން އެއާޕޯޓުގެ މުސްތަގުބަލު ހަމައެކަނި އައިލެންޑު އޭވިއޭޝަންގެ މައްޗަށް ބަރޯސާވެ އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހޭކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން އައްޑޫގައި ވަކި އެއާލައިނެއް އުފެއްދުމަށް މަސައްކަތް ފަށަން އެބަޖެހޭކަމަށާއި އެނޫންގޮތަކަށް މައްސަލަ ހައްލު ނުވާނެކަން ޔަގީންވާކަމަށް ޝަރީފް ވިދާޅުވިއެވެ.
"އައްޑޫގެ ގަން އެއާޕޯޓުގެ މުސްތަގުބަލު ހަމައެކަނި އައިލެންޑު އޭވިއޭޝަންގެ މައްޗަށް ބަރޯސާވެ އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހޭ، އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ވަކި އެއާލައިނެއް އުފެއްދުމަށް މަސައްކަތް ފަށަން އެބަޖެހޭ، އެނޫންގޮތަކަށް ތިޔަމައްސަލަ ހައްލު ނުވާނެކަން ޔަގީން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލަށް ދެވިފައިވާ ގާނޫނީ ބާރުގެ ދަށުން މޭޔަރަށް ކަންކަމުގައި ގޮތް ނިންމަން ނުކެރި ހުރެގެން ނުވާނެކަަމަށެވެ. ޝަރީފް ވިދާޅުވީ އައިލެންޑު އޭވިއޭޝަނުން އިސްކަންދެނީ އެކުންފުނިން ހަވާލުވެގެން އުޅޭ އެއާޕޯޓް ތަރައްގީކޮށް އެތަނުގެ ޕެސެންޖާ ޓްރެފިކް އިތުރުކުރެވޭތޯކަމަށެވެ. އަދި އައްޑޫއަށް އޮތް ހައްލަކީ ވަކި އެއަރ ލައިނެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ސިޓީ ކައުންސިލަށް ދެވިފައިވާ ގާނޫނީ ބާރުގެ ދަށުން މޭޔަރަށް ކަންކަމުގައި ޑިޒިޝަން ނަގަން ނުކެރި ހުރެގެން ނުވާނެ، އައިލެންޑު އޭވިއޭޝަނުން އިސްކަންދެނީ އެމީހުން ހަވާލުވެގެން އުޅޭ އެއާޕޯަޓް ތަރައްގީކޮށް އެތަނުގެ ޕެސެންޖާ ޓްރެފިކް އިތުރުކުރެވޭތޯ، އައްޑޫއަށް އޮތް ހައްލަކީ ވަކިއެއާލައިނެއް." ޝަރީފް ވިދާޅުވިއެވެ.
އައްޑޫގެ ފަތުރުވެރިކަން ކުރިއަރަމުން ނުދަނީ އައްޑޫގެ އެެއަރޕޯޓް ތަރައްޤީވަމުން ނުދާތީކަމަށް ބައެއް ފަރާތްތަކުން ބުނާއިރު އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި އެއާޕޯޓް ކިތަންމެ ވަރަކަށް ތަރައްގީ ކުރިޔަސް އައްޑޫއަށް، ބޭރުން ސީދާ ފްލައިޓް ދަތުރު ނުކުރަންޏާ ފަތުރުވެރިކަން ތަރައްގީ ނުވާނެ ކަމަށެވެ. އަދި އެކަމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު