ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާއަށް ދެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ވަރަށް އުފާވެރި ހަބަރެއްކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދު ﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވެފައިވަނީ ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާއަށް ދެވޭނެ އިންތިޒާމް ހަމަޖެހުނުކަން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ހާމަކުރުމާއެކުއެވެ. އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފައިވާގޮތުގައި 15 އޮކްޓޫބަރުން ފެށިގެން ރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާއަށް، ވިޔަފާރި އަދި ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއިން ދަތުރުކުރާ ދިވެހިންނަށް ވީސާއާއި ނުލައި ދަތުރުކުރެވޭނެކަމަށެވެ.
މިއާއެކު ރާއްޖެވެގެންދާނީ ކޯވިޑަށްފަހު ވިސާއާއި ނުލައި އިންޑިއާއަށް ދަތުރުކުރުމުގެ ހުއްދަދިން ފުރަތަމަ ޤައުމަށެވެ.
މިކަމުގެ އުފަލުގައި މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރަށް ހާއްސަ ޝުކުރެއް އަދާކުރަށްވާފައެވެ.
2018 ވަނަ އަހަރުން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާއަށް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަށްފަހު މިކަން ވަގުތީގޮތުން މެދު ކަނޑާލައިފައިވަނީ ކޮވިޑާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެންނެވެ. އިންޑިއާގެ ބޯޑަރުތައް ބަންދުކޮށް އަހަރަކަށްވުރެ ގިނަ ދުވަހަށްފަހު އަންނަ ހަފްތާގައި އެ ގައުމު ހުޅުވާލަން އިންޑިއާގެ ސަރުކާރުން ވަނީ ނިންމާފައެވެ.
އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާގޮތުގައި، ބައިނަލްއަގްވާމީ ފްލައިޓުތަކުގައި ފަތުރުވެރިންނަށް ދަތުރު ކުރުމުގެ ހުއްދަ މި މަހުގެ 15 ގައި ދިނުމަށް ވަނީ ނިންމާފައެވެ.

Thank you Prime Minister @narendramodi and EAM @DrSJaishankar for the favourable consideration of the request. #MaldivesIndiaPartnership
— Abdulla Shahid (@abdulla_shahid) October 10, 2021
2018 ވަނަ އަހަރުން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާއަށް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަށްފަހު މިކަން ވަގުތީގޮތުން މެދު ކަނޑާލައިފައިވަނީ ކޮވިޑާ ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެންނެވެ. އިންޑިއާގެ ބޯޑަރުތައް ބަންދުކޮށް އަހަރަކަށްވުރެ ގިނަ ދުވަހަށްފަހު އަންނަ ހަފްތާގައި އެ ގައުމު ހުޅުވާލަން އިންޑިއާގެ ސަރުކާރުން ވަނީ ނިންމާފައެވެ.
އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާގޮތުގައި، ބައިނަލްއަގްވާމީ ފްލައިޓުތަކުގައި ފަތުރުވެރިންނަށް ދަތުރު ކުރުމުގެ ހުއްދަ މި މަހުގެ 15 ގައި ދިނުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު