އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ އަދަދާއި ގުޅޭގޮތުން މިނިމަމް ވޭޖު ބޯޑުން އިކޮނަމިކް މިނިސްޓަރަށް ދިން ލަފާ މިނިސްޓްރީން މިހާރު ދިރާސާ ކުރަމުން ގެންދާ ކަމަށާއި އަދި ދިރާސާ ކުރުމަށްފަހު އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައަޅައި އާންމު ކުރާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވަޒީފާއާއި ބެހޭ ގާނޫނުގެ 59 ވަނަ މާއްދާއާއި 62 ވަނަ މާއްދާގައި ބަޔާން ކުރާ ގޮތުގެ މަތިން ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި ގާނޫނުގައި ބަޔާން ކުރާ ކަންކަމަށް ރިޔާޔަތްކޮށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދާ ގުޅޭ ގޮތުން އެ ގާނޫނުގެ 59-2 ވަނަ މާއްދާގެ (ށ) ގެ ދަށުން މިނިވަން ވޭޖު އެޑްވައިޒަރީ ބޯޑުން މިމަހުގެ ފަސް ވަނަ ދުވަހު މިނިސްޓަރަށް ލަފައެއް އަރުވާފައިވާ ކަމަށެވެ.
އެގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދާއި ގުޅޭގޮތުން މިނިމަމް ވޭޖު ބޯޑުން މިނިސްޓަރަށް ފޮނުވާފައިވާ ލަފާގައި ބަޔާން ކޮށްފައިވަނީ ޕްރައިވެޓް ސެކްޓަރގައި، ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއަކު 24.04 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5،000 ރުފިޔާ ދިނުމަށް ކަމަށް އިކޮންމިކް މިނިސްޓްރީން ބުނެފައި ވެއެވެެ.
އަދި ޕަބްލިކް ސެކްޓަރުގައި، 6 ގަޑިއިރު މަސައްކަތް ކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތް ކުރާ ފަރާތްތަކަށް ގަޑިއަކު 33.65 ރުފިޔާ ދިނުމަށް ވަޒީރުގެ ލަފައަށް އެދިފައިވާ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދާއި ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށްފަހު ފަހުގެ މުއްދަތެއްގައި ވަޒީރަށް ލަފައެއް ދީފައިވާ ކަމަށާއި، ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ކ) ގައި ބަޔާން ކުރާ މުއްދަތު 5 އަހަރު ދުވަހަށް އިތުރު ކުރުމަށް ލަފާ ދީފައިވާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މިނިމަމް ވޭޖު ބޯޑުން އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލަށް އަރުވާފައިވާ ލަފާ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އިކޮނަމިކް މިނިސްޓްރީން ދިރާސާ ކުރަމުންދާ ކަމަށާއި ދިރާސާއަށް ފަހު ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭ މިންވަރު ކަނޑައަޅައި އާއްމު ކުރާނެ ކަމަށްވެސް އިކޮންމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު