ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒުކޮށް ދެ އޮފިސަރުން ވަޒީފާއިން ވަކިކޮށް، ހަތަރު އޮފިސަރަކު މަގާމުން ވަކިކުރަން 10 ދުވަހުގެ ނޯޓިސް މިއަދު ފޮނުވައިފިއެެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ވަނީ 7 އޮފިސަރަކު ވަޒީފާއިން ވަކިކުރުމަށް ނިންމައި އެ ނިންމުން ތަންފީޒު ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިހަށް ލަފާ ދީފައެވެ. ޕޮލިސް ބޯޑުގެ ނިއްމުން ތަންފީޒުކޮށް ދެ އޮފިސަރަކު މަގާމުން ވަކިކޮށް 7 އޮފިސަރަކު މަގާމުން ވަކިކުރަން ނޯޓިސް ދީފައިމިވަނީ ބޯޑުގެ ނިންމުމާއި މެދު ހިތްހަމަ ނުޖެހިގެން އެ 7 އޮފިސަރުން އެމައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައިވެސް ވަނިކޮށެވެ.
ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން މިއަދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ދެ އެސިސްޓެންޓް ކޮމިޝަނަރުން ކަަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ޗިޓްގައި ބުނެފައިވަނީ އެ ދެބޭފުޅުން މަގާމުން ވަކިކުރެއްވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބައިތިއްބަން ނުފެންނާތީ ކަމަށެވެ.
ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ސިވިލް ކޯޓުގައި ފަސް އޮފިސަރުން ތަމްސީލްކުރައްވާ ދިވެހި ޗެމްބާސްގެ ލޯޔަރު، އަލީ ސައީދު ވިދާޅުވީ ދެ އޮފިސަރުން ވަކިކުރުމުގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވަކިކުރުމުގެ އިޖުރާއަތު ފެށިކަމުގެ ނޯޓިސް ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ނޯޓިސް ފޮނުވީ ތުހުމަތުކުރާ މައްސަަލަތަކުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީކަން ވަކީލް ވަނީ ފާހަގަކުރައްވާފައެވެ.
ސިވިލް ކޯޓަށް ހުށައެޅި، އެ ހަތް އޮފިސަރުން ވަކިކުރަން ނިއްމި މައްސަލައިގައި ބުނެފައިވަނީ އެއޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށެވެ. އެގޮތުން މައްސަލައިގެ ތުހުމަތުގެ ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް މައްސަލައިގައި ބުނެފައި ވެއެވެ.
ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާއިން ހައްލެއް ލިބިފައި ނުވާތީ މައްސަލައިގެ ޝަރީއަތް ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.
އެ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާއިން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށާއި ވަޒީފާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ ހިދުމަތާއި ޕޮލިސް ބޯޑު އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަށް އަމުރުކޮށްދިނުމަށް ވަނީ އެދިފައެވެ.
ފުލުހުންގެ އިސް ސަފުގައި ތިބި އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ ފުލުހުންގެ އާ ގާނޫނާއެކު އެކުލަވާލި ހަތް މެމްބަރުންގެ ބޯޑުން ހަތަރު މަސް ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމަށް ކަނޑައަޅާފައިވާތީ ކަމަށް ބުނެއެވެ.
އޮފިސަރުން ވަކިކުރަން ނިންމައި ޕޮލިސް ބޯޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. އަދި ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
ގާނޫނެއް ހެދީ އަދި ބޯޑުގެ ނިންމުންއައީވެސް ވަކި އޮފިސަރުންތަކަކަށް ޓާގެޓްކޮށްގެން ކަމަށް މަގާމުން ވަކިކުރި އޮފިސަރުން ވަނީ ތުހުމަތުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު