މިހާރު އެންމެ ދެކެން ބޭނުންފުޅުވަނީ ދިވެހި ޤައުމީ ޓީމުގެ ކުޅުންތެރިން ދައްކަމުންދާ އެކުވެރިކަމާއި ކުޅިވަރުގެ ރޫޙު ދެމެހެއްޓުމާއެކު މޮޅަށް ކުޅެ ފައިނަލުގައި ކުޅޭތަން ކަމުގައި ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ރާއްޖެއިން މޮޅަށް ކުޅެ ސްރީލަންކާ ބަލިކޮށް މެޗް ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަނގަޑޭ) ޖެހި ގޯލާއެކު ރާއްޖޭގެ ގައުމީ ޓީމު ވަނީ މުބާރާތުގެ ފައިނަލަށް ދިޔުމުގެ އުއްމީދު އާކޮށްފައެވެ.
ޤައުމީ ޓީމު މިއަދު މިހޯދި ކާމިޔާބާއި ގުޅިގެން ޓީމަށް މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިހު ވިދާޅުވީ ޤައުމީ ޓީމާއިމެދު މުޅި ޤައުމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. އަދި ދެން އެންމެ ދެކެން ބޭނުންފުޅުވަނީ މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައިވެސް ކުޅިވަރުގެ ރޫހާއި އެކުވެރިކަމާއެކު މޮޅުވުމުގެ ރޫހުގައި މޮޅަށް ކުޅެ، ޤައުމީ ޓީމު ފައިނަލުގައި ކުޅޭތަން ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދުވެސް ވަނީ މެޗު ކުރިއަށްދިޔައިރު ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގެން މެޗް ބައްލަވާލައްވައި ގައިމީ ޓީމަށް ތަރުހީބު ދެއްވާފައެވެ. މި މެޗު ބައްލަވާލެއްވުމަށްޓަކައި އެމަނިކުފާނުގެ އަރިހުގައި ނާއިބް ރައީސް، ފައިޞަލް ނަސީމާއި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ބައެއް ވެރިން ވެސް ދަނޑަށް ވަޑައިގެންނެވިއެވެ. އަދި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ނަމާލް ރާޖަޕަކްސަވެސް މި މެޗް ބައްލަވާލައްވަން ދަނޑަށް ވަޑައިގެންނެވި އެވެ.

Hurrah for #TeamMaldives for their decisive win against Sri Lanka in the #SaFFChampionships today. Look forward to seeing our players carry on the camaraderie, sportsmanship and winning spirit to the finals. You have our total and complete support. @MaldivesFA
— Ibrahim Mohamed Solih (@ibusolih) October 10, 2021
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދުވެސް ވަނީ މެޗު ކުރިއަށްދިޔައިރު ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގެން މެޗް ބައްލަވާލައްވައި ގައިމީ ޓީމަށް ތަރުހީބު ދެއްވާފައެވެ. މި މެޗު ބައްލަވާލެއްވުމަށްޓަކައި އެމަނިކުފާނުގެ އަރިހުގައި ނާއިބް ރައީސް، ފައިޞަލް ނަސީމާއި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ބައެއް ވެރިން ވެސް ދަނޑަށް ވަޑައިގެންނެވިއެވެ. އަދި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ނަމާލް ރާޖަޕަކްސަވެސް މި މެޗް ބައްލަވާލައްވަން ދަނޑަށް ވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ހިޔާލު