ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން
ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން
ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ، އެޗް.އީ.އޯ.ސީ ގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތައް ރެޖިސްޓްރީ ކުރުމަށް ހެލްތު މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ, ކޮވިޑް-19 ގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީގައި އަދި އެޗް.އީ.އޯ.ސީގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް އެ ސެންޓަރުން ނިންމަވާފައިވާ ކަމަށެވެ.

މިގޮތުން އެކުލަވާލެވޭ ދަފުތަރުގައިވާ ފަރާތްތަކަށް އެ ސެންޓަރުން ތަމްރީނު ޕްރޮގްރާމެއް ހިންގޭނެ ކަމަށާއި, ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން އެވަގުތެއްގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް ރިޔާއަތްކޮށް ވޮލަންޓިއަރުން ނަގަމުންދާނެ ކަމަށް އިޢުލާނުގައި ވެއެވެ.

އެހެންކަމުން އެޗް.އީ.އޯ.ސީގައި އަދި އެޗް.އީ.އޯ.ސީގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު ހެލްތު މިނިސްޓްރީއަށް އިމެއިލް ކުރެއްވުމަށް އިޢުލާނުގައި ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން