ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން މިހާތަނަށް އެއް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެބޭންކުން ހާމަކޮށްފި އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އެސްޑީއެފްސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒިމް ހަބީބް ވިދާޅުވީ، މިހާތަނަށް 854 ފަރާތަކަށް އެ ކޯޕަރޭޝަނުން ލޯނު ދޫކޮށްފައިވާކަމަށެވެ. އެއީ ގާތްގަނޑަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ކުދި ވިޔަފާރިތަކުގެ ދާއިރާއިން ކެފޭ، ރެސްޓޯރަންޓްތައް އަދި ސެލޫންތަކުންވެސް ގިނަ އަދަދަކަށް އެބޭންކަށް ލޯނަށް އެދި ހުށައަޅާކަމަށެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިންވެސް އެ ބޭންކުން ގިނަ ލޯނުތަކެއް ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ގެސްޓްހައުސްތަކާއި ފަތުރުވެރިކަމާއި ގުޅުންހުރި އެހެން ދާއިރާތަކަށް އަޅުގަނޑުމެން މިވަނީ ލޯނު ދޫކޮށްފައި. ދެން ރާއްޖޭގެ އިޤްތިސާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރަމުންދަނީ މަސްވެރިކަން، މަސްވެރިންނަށްވެސް އަޅުގަނޑުމެން މިވަނީ ވަރަށް ގިނަ ލޯނުތަކެއް ދޫކޮށްފައި. މަސްވެރި އުޅަނދު ބަނުމަށާއި މަސްވެރި އުޅަނދު އިތުރަށް އަޕްގްރޭޑްކުރުމަށާއި މަސްވެރިކަމުގެ އެހެނިހެން ހަރަކާތްތައް، އޭގެތެރޭގައި މަސް ހިއްކައި، މަސް ޕްރޮސެސްކޮށް އަދި ކަނޑުފަޅު ގޮވާންކުރުމުގެ ހަރަކާތްތަކާއި، މިކަހަލަ އެތައް ޕްރޮޖެކްޓްތަކަކަށް އަޅުގަނޑުމެން މިވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައި." ނާޒިމް ވިދާޅުވިއެވެ.
ކޯވިޑާއި ގުޅިގެން ޚާއްޞަ 2 ލޯނެއް އެސްޑީއެފްސީން ވަނީ ތައާރަފްކޮށްފައެވެ. އެއީ ކޯވިޑް ވިޔަފާރި އެހީ ލޯނާއި ވިޔަފާރި ދިރުން ލޯނެވެ. މި ލޯނުތަކުގެ ދަށުން މުޅި ޖުމްލަ 380 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާކަމަށް އެސްޑީއެފްސީން ބުނެފައި ވެއެވެ.
ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ބޭންކުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބޭންކެއް އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު