އަހުމަދު މަސްނޫމް   11 އޮކްޓޯބަރު 2021 - 16:22
ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

ރަސް އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު ދުބާއީގައި ހުންނެވި ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު ދުބާއީއަށް ވަޑައިގަތީ އެޤައުމުގައި އޮތް އެކްސްޕޯ 2020 އަށެވެ. އަދި އިނގިރޭސިވިލާތަށް އެމަނިކުފާނު ވަޑައިގަތީ މޭމަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަށް ޖަރުމަނުން ފަރުވާ ހޯއްދެވުމަށްފަހުއެވެ.

4 މަހަށްފަހު ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އެމަނިކުފާނުގެ ސެކިއުރިޓީ ކަންކަމާއިމެދު އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ ސަލާމަތީ ކަންކަމާމެދު ސުވާލު އުފައްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު