ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވެ ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ޓްރަފަކާއި ގުޅިގެން މާދަމާއިން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ހާއްސަކޮށް އުތުރާއި މެދުއަތޮޅުތަކުގެ ކަނޑުތައް ގަދަވެ އެ ސަރަހައްދުތަކުގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.
މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ކަނޑުދަތުރުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް އުތުރާއި ރާއްޖޭގެ މެދު އަތޮޅުތަކުގެ ދަތުރުތަކުގައި ސަމާލުވާން މެޓުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު