ރައީސް އިބްރާހިމް މުހަންމަދު ސާލިޙަށް މި ގައުމު އިސްލާހު ކުރެވިދާނެ ކަމަށް ގަބޫލުކުރުމާއި ނޯތު ކޮރެޔާގައި ޑިމޮކްރަސީ އޮތްކަން ގަބޫލުކުރުމާއި ތަފާތެއް ނެތް ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސަައީދު ވިދާޅުވެއްޖެއެވެ.
ރައްްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު މިހެން ވިދާޅުވީ، ބޮމުގެ ހަމަލާއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު މާލެ ވަޑައިގަތުމުން ސެކިއުރިޓީ ވަރުގަދަކޮށް ނޯތު ކޮރެޔާގެ ލީޑަރަށް ދޭ ފަދަ ސެކިއުރިޓީއެެއް ދިނުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު މާލެ ވަޑައިގެން ކާރުކޮޅުގައި ވަޑައިގެންނެވިއިރު އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ކާރުކޮޅުގެ ފަހަތުން ހަށިފާރަވެރިން ދުވަމުން ދިޔަ މަންޒަރު މިއަދު ވަނީ ފެނިފަ އެވެ. އުތުރުކޮރެޔާގެ ޚުދު މުޚުތާރު ޒައީމް ތަންތަނަށް ވަޑައިގަންނަވާއިރު ދަތުރުފުޅުކުރައްވާ ކާރުކޮޅުގެ ފަހަތުން ހަށިފާރަވެރިން ދުވާ މަންޒަރަކީ ގިނަބައެއްގެ ފާޑުކިއުން އަމާޒުވާ ކަމެކެވެ.
ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސް އިބްރާހިމް ސާލިޙެވެ. މިފަހުން ބޮޑު ސިޔާސީ ދެ ހަތުދުންގެ ގޮތުގައި ސިފަކުރެވިފައިވާ ދެ ބޭފުޅުންގެ މިއަދުގެ ބައްދަލުވުން ވެސް ވެގެން ދިޔައީ ގިނަ ސުވާލުތަކެއް އުފެދި ފާޑުކިއުން އަމާޒުވި ކަމަކަށެވެ.
ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހަންމަދު ސާލިޙަށް މި ގައުމު އިސްލާހު ކުރެވިދާނެ ކަމަށް ގަބޫލުކުރުމާއި ނޯތު ކޮރެޔާގައި ޑިމޮކްރަސީ އޮތްކަން ގަބޫލުކުރުމާއި ތަފާތެއް ނެތް ކަމަށެވެ. އަދި ޖަޒީރާ ވެރިކަމާއި ހައްގުވާ މިންވަރާއި ކިތަންމެހާ ވެސް ރަނގަޅަށް ސަރުކާރުން ދައްކައިދޭ ކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ ފަސް މަސް ދުވަސް ކުރިން ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގެންފައިވަނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށެވެ. ރައީސް ނަޝީދު ވަނީ ޖަރުމަނާއި އިނގިރޭސިވިލާތުން ފަރުވާ ހޯއްދަވާފައެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ އަށްފަހު، ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ރައީސް ސާލިހާއި އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެ ރައީސް ނަޝީދު ވަނީ ރައީސާއި އޮތް ސިޔާސީ ގުޅުން ވެސް ކަނޑުއްވައިލެއްވިކަން އިއުލާންކުރައްވާފައެވެ. އެ ޚިޔާލު ތަފާތުވުންތަކާއި ވާދަވެރިކަމަށްފަހު ރައީސް ސާލިޙާއި ރައީސް ނަޝީދު ބައްދަލުވީ މިއަދު އެމަނިކުފާނު މާލެ ވަޑައިގަތުމުންނެެވެ.

R @ibusolih ah gaumu islaahu kurevidhaane kamah gaboolu kurumaai North Korea gai democracy oiykan gaboolu kurumaai evves thafaatheh neiy. Jazeeraa heyo verikamaai, hagguvaa minvaru kithammehaa rangalhakavves eba dhakkaidhey @MDPSecretariat pic.twitter.com/BV3LWIPvGO
— Mohamed Saeed (@em_saeed) October 11, 2021
މީގެ ފަސް މަސް ދުވަސް ކުރިން ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގެންފައިވަނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށެވެ. ރައީސް ނަޝީދު ވަނީ ޖަރުމަނާއި އިނގިރޭސިވިލާތުން ފަރުވާ ހޯއްދަވާފައެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ އަށްފަހު، ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ރައީސް ސާލިހާއި އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެ ރައީސް ނަޝީދު ވަނީ ރައީސާއި އޮތް ސިޔާސީ ގުޅުން ވެސް ކަނޑުއްވައިލެއްވިކަން އިއުލާންކުރައްވާފައެވެ. އެ ޚިޔާލު ތަފާތުވުންތަކާއި ވާދަވެރިކަމަށްފަހު ރައީސް ސާލިޙާއި ރައީސް ނަޝީދު ބައްދަލުވީ މިއަދު އެމަނިކުފާނު މާލެ ވަޑައިގަތުމުންނެެވެ.
ކިޔުންތެރިންގެ ހިޔާލު