ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް އުތުރު ކޮރެއާގެ ޚުދުމުހުތާރު ލީޑަރު، ކިމް ޖޮން އުން އަށް ދޭފަދަ ސެކިއުރިޓީއެއް ދޭން ފެށުމުން ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ.
އުތުރު ކޮރެޔާއަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އެންމެ ޚުދުމުޚުތާރު އެއް ގައުމެވެ. އެގައުމުގެ ލީޑަރު ކިމް ތަންތަނަށް ދަތުރުކުރައްވާއިރު އޭނާ ދަތުރުކުރާ ކާރުކޮޅުގެ ވަށައިގެން ހަށިފާރަވެރިން ދުވެއެެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަށް ފަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ތިން ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވިއިރު މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އޮތް ވަރުގަދަ މޮޓޯކޭޑްގެ އިތުރުން ހަށިފާރަވެރިން އެމަނިކުފާނު ދަތުރުކުރެއްވި ކާރުކޮޅުގެ ފަހަތުން ވަނީ ދުވަމުން ގެންދިޔަ މަންޒަރު ވެސް ވަނީ ފެނިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެފަދަ ވަރުގަދަ ސެކިއުރިޓީއެއް ރާއްޖޭގައި މިހާތަނަށް ދީފައެއް ނުވެއެެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ރައީސް ނަޝީދަކީ އުތުރުކޮރެޔާގެ ޚުދު މުހުތާރު ލީޑަރު ނަމޫނާ އަކަށް ބައްލަވާ ބޭފުޅެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެެވެ.
މިއަދު ފެނުނު މަންޒަރުތަކާމެދު ބައެއް މީހުން ފާޑުކީ ނަމަވެސް ތުރެޓް ލެވަލް އެންމެ މަތިކޮށްފާ އޮއްވާ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެމަނިކުފާނަށް ތުރެޓް ލެވަލް އޮތް މިންވަރު މާ ނުރައްކާކަން ޔަގީންވުމާއި ގުޅިގެން ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް އިތުރަށް ވަރުގަދަ ކުރަން ޖެހޭކަން ރައްޔިތުންގެ މަޖިލީހާއި ކަމާބެހޭ އެހެން ފަރާތްތަކުން ވެސް ވަނީ ފާހަގަ ކޮށާމްފައެވެ.
މިކަމާގުޅިގެން އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ މިހާރު އޮތީ ރައީސް ސާލިހަށް ވުރެ މަތީގައި ކަމަށެވެ. އަދި ރައީސް ނަޝީދުފެ އަމިއްލަ ނަފުސާ ދިމާލަށް ނުރައްކަލާއި ބިރުވެރިކަން ގެނައުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް އަލްހާން ވަނީ ގޮވާލައްވާފައެވެ.
ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އިސް ލީޑަރާއި ދެވަނަ ލީޑަރުގެ ސެކިއުރިޓީއަށް މިހާރު މަދީ ހެލިކޮޕްޓަރެއް ކަމަށެވެ. ރައީސުންނަކީ ފުރިހަމަ ހިމާޔަތް ލިބެންޖެހޭ ބަޔެއް ކަމަށާއި، ރައީސް ޔާމިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރާތީ ފާޑުކިޔައި މަލާމާތް ކުރި މީހުންނަށް މިއަދު އެކަން ވިސްނުނީތީ އުފާކުރަށްވާ ކަމަށް ސުޖާ ވިދާޅުވިއެވެ.
"ރަށްރަށައް ރައީސް ޔާމިން ވަޑައިގަންނަވާއިރު ޗެކް ގޭޓްތަށް ބެހެއްޓީމަ ޖޯކް ޖެއްސެވީ ހަމަ އެމްޑީޕީން." ޝުޖާއު ވިދާޅުވިއެެވެ.

ރައީސް @MohamedNasheed ގެ ސެކިޔުރިޓީ މިއޮތީ ރައީސުލް ޖުމްހޫރިއްޔާ @ibusolih އަށްވުރެންވެސް މާ މަތީގަ!
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) October 11, 2021
ތިމާގެ އަމިއްލަ ނަފްސާ ދިމާލަށް ނުރައްކާލާ ބިރުވެރިކަން ގެންނަވަން ރ.ނަޝީދު ކުރައްވާ މަސައްކަތްތައް ހުއްޓަވާލެއްވުމަށް މިފުރުސަތުގައި ހަނދާންކޮށްދެން!pic.twitter.com/PoHSQ3l2yp
މިކަމާގުޅިގެން އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ މިހާރު އޮތީ ރައީސް ސާލިހަށް ވުރެ މަތީގައި ކަމަށެވެ. އަދި ރައީސް ނަޝީދުފެ އަމިއްލަ ނަފުސާ ދިމާލަށް ނުރައްކަލާއި ބިރުވެރިކަން ގެނައުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް އަލްހާން ވަނީ ގޮވާލައްވާފައެވެ.
ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އިސް ލީޑަރާއި ދެވަނަ ލީޑަރުގެ ސެކިއުރިޓީއަށް މިހާރު މަދީ ހެލިކޮޕްޓަރެއް ކަމަށެވެ. ރައީސުންނަކީ ފުރިހަމަ ހިމާޔަތް ލިބެންޖެހޭ ބަޔެއް ކަމަށާއި، ރައީސް ޔާމިންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރާތީ ފާޑުކިޔައި މަލާމާތް ކުރި މީހުންނަށް މިއަދު އެކަން ވިސްނުނީތީ އުފާކުރަށްވާ ކަމަށް ސުޖާ ވިދާޅުވިއެވެ.
"ރަށްރަށައް ރައީސް ޔާމިން ވަޑައިގަންނަވާއިރު ޗެކް ގޭޓްތަށް ބެހެއްޓީމަ ޖޯކް ޖެއްސެވީ ހަމަ އެމްޑީޕީން." ޝުޖާއު ވިދާޅުވިއެެވެ.
ކިޔުންތެރިންގެ ހިޔާލު