ގައުމުގެ ސިޔާސަތުތައް ޑިޖިޓަލް ދުނިޔެއަށް މިސްރާބު ކުރަންޖެހޭ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވީ، 21 ވަނަ ގަރުނަކީ ޓެކްނޮލެޖީގެ ގަރުނު ކަމަށާއި މިއަދުގެ ޖީލަކީ ޑިޖިޓަލް ނުވަތަ ސުމޭކީ ޖީލު ކަމަށެވެ. އެހެންކަމުން އަންހެން ކުދިންގެ ކުރިއެރުމަށް ޑިޖިޓަލް ނުވަތަ ސުމޭކީ ދުނިޔެއެއް ފަހިކޮށްދޭންޖެހޭ ކަމަށް އުގައިލް ވިދާޅުވިއެވެ.



"ގައުމުގެ ސިޔާސަތުތަށް މި މަގަށް މިސްރާބުކުރަން ޖެހެއެެވެ." ސަރުކާރުގެ ސިޔާސަތުތައް ޒަމާނީ ޓެކްނޮލެޖީއަށް ހުޅުވާލަންޖެހޭކަން ހާމަކުރައްވަމުން ރާއްޖޭގެ ހިސާބު އިލްމުގެ ޕްރޮފެސަރު އަދި ސައިންޓިސްޓް އުގައިލް ވިދާޅުވިއެވެ.

ގައުމުގެ ސިޔާސަތުތައް ޑިޖިޓަލް ދުނިޔެއަށް މިސްރާބު ކުރަންޖެހޭ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެފައިވާއިރު، އޭނާ ވަނީ ރާއްޖޭގެ ސިޔާސީ މައިދާނަށް ނިކުމެވަޑައިތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި ރައްޔިތުން ބޭނުންވާނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރަތެއްވެސް އުގެއިލް ވަނީ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު