މަޑަގަސްކަރައިގެ ފަތްޕިލާވެލީގެ އުފެއްދުން މީހަކު ބޮނީ
މަޑަގަސްކަރައިގެ ފަތްޕިލާވެލީގެ އުފެއްދުން މީހަކު ބޮނީ
މަޑަގަސްކަރައިން އުފެއްދި ކޯވިޑް-19އަށް ފަރުވާ ލިބޭ ފަތްޕިލާވެލީގެ ބޭހެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔޫ އެޗް އޯއިން ތަހުލީލު ކުރަން ނިންމައިފިއެވެ.

ޑަބްލިއު އެޗް އޯއިން މިގޮތަށް ނިންމާފައި މިވަނީ މަޑަގަސްކަރައިގެ މިއުފެއްދުމަކީ މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ފަރުވާއެއްކަން އެގައުމުގެ ބޭސްވެރިންގެ ތަހުލީލު ތަކުން ކަށަވަރުވެފައި ވާއިރުވެސް ސިއްހަތު ޖަމިއްޔާއިން އެކަމަށް އެއްބާރުލުން ނުދޭތީ މަޑަގަސްކަރައިގެ ރައީސް އެޖަމިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދެފަރާތުގެ ގުޅުންތަކަށް ވެސް ވަރަށް ބޮޑަށް ބުރޫއަރާފައި ވަނިކޮށެވެ.

ވޯލްޑް ހެލްތް އޯގަރނައިޒޭޝަން (ޑަބްލިއު އެޗް އޯ) އިން މަޑަގަސްކަރައިގެ މި ހުށައެޅުން ގަބޫލުކޮށް އަލުން އެގައުމާއި ގުޅުން އުފައްދާފައި މިވަނީ އެގައުމުގެ ބޭސްވެރިން އުފެއްދި ފަތްޕިލާވެލީގެ ބޯބޭހެއް ކަމަށްވާ، ކޯވިޑް އޯގޭނިކްސްއިން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަން ނައްތާލެވިދާނެކަމަށް ޤަބޫލުކުރެވޭތީ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

.

"އަހަރުމެން ވަނީ މަޑަގަސްކަރައިގެ ސަރުކާރާއި ގާތްގުޅުމެއް ގާއިމުކޮށްފަ." ޑަބްލިއު އެޗް އޯގެ އެފްރިކާ ބައްރުގެ ސަފީރު މަތްޝިދިއޯ މައުތީ ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވެފައިވެއެވެ.

ކޯވިޑް އޯގޭނިކްސްގެ ނަންދީފައިވާ މިބޭސް ބަލައިގަނެ ޑަބްލިއު އެޗް އޯ އިން ވަނީ މިބޭހާބެހޭ ތަހުލީލު ހެދުމަށް ނިންމާފައެވެ.

ނިމިދިޔަ އޭޕްރީލް މަހުގައި ރެޖޯލިނާ ދުނިޔެއަށް އާއްމުކޮށް ނެރުނު މިބޭހަކީ ފަތްޕިލާވެލީގެ ބޭއްހެއް ކަމަށާއި މިއިން ނޮވެލް ކޮރޯނާ ވައިރަސް ޖެހިފައި ތިބިމީހުން ރަނގަޅުވާނެކަމަށް މަޑަކަސްކަރައިގެ ބޭސްވެރިންގެ ހޯދުންތަކުން ކަށަވަރުވެއެވެ.

މައުތީ ވިދާޅުވިގޮތުގައި ޑަބްްލިއު އެޗް އޯގެ ސަފީރު އާއި މަޑަގަސްކަރައިގެ ހެލްތް މިނިސްޓްރީއާއި ދެމެދު ބޭއްވި ބައްދަލުވުމަށްފަހު އެގައުމުގެ ރައީސްއާއިއެކު ވެސް ބައްދަލުވުމެއް ބޭއްވިފައެވެ.

"މި ޕްރޮޑަކްޓް (ކޮވިޑް އޯގޭނިކްސް) އަށް ސަޕޯޓްދީ އިތުރަށް މިބާވަތަށް ބެލުމަށް ހުށައަޅައިފިން. އަދި މިހާރު މިކަން ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައް ކުރެވެމުން މިދަނީ." މައުތީ އިތުރަށް ވިދާޅުވިއެވެ.

އަދި މިވަގުތު ޑަބްލިއު އެޗް އޯ އަށް މިބޭހުގެ ކޮލިޓީއާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައި ނެތްކަމަށް ރީޖަނަލް ޑިރެކްޓަރ ވިދާޅުވެފައި ވެއެވެ.

"ޑަބްލިއު އެޗް އޯ އިން ދަނީ މިފަދަ ފަތްޕިލާވެއްޔާއި ގަދީމީ ހަކީމީ ބޭސްވެރިކަންވެސް ކުރިއެރުވުމަށް މަސައްކަތްކުރަމުން. މިފަދަ ބޭސްތައް ފަސޭހައިން ލިބޭނެގޮތް ހަމަޖެއްސުމަށް ވަރަށް ބުރަމަސައްކަތްތަކެއް ދަނީ ކުރެވެމުން." މައުތީ ވިދާޅުވިއެވެ.

މަޑަކަސްކަރައިގެ މެލެގަސީ އިންސްޓިޓިއުޓް އޮފް އެޕްލައިޑް ރިސާރޗް އިން އުފެއްދި މިި ބޭސް އެފްރިކާގެ އެކި ގައުމުތަކުގައި މިހާރުވެސް އަންނަނީ ބޭނުން ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


11

މާދަމާދެކޭމީހާ

19-May-2020

މަޑަގަސްކަރައިގ ސަރުކާރެއް އޮވޭތަ



ޓްރެންޑިން