އެސްޓީއޯއިން މިދިޔަމަހު 78 ހާހަށްވުރެ ގިނަ ބަސްތާ ކާޑުގެ ބާވަތްތައް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެސްޓީއޯއިން ބުނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައި މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް 78475 ބަސްތާ ކާޑު ފޮނުވާފައިވާކަމަށެވެ. މިދިޔަ އޮގަސްޓުމަހު އެކުންފުނިން ފޮނުވާފައިވަނީ 79813 ބަސްތާއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ތެރޭގައި އަތޮޅުތަކަށް 538 އޯޑަރެއް ވަނީ އެކުންފުނިން ފޮނުވާފައެވެ. މީގެތެރޭގައި ހިމެނެނީ 21608 ބަސްތާ ހަނޑުލާއި، 6911 ބަސްތާ ހަކުރާއި 18325 ބަސްތާ ފުށެވެ.
މާލެއިން މިދިޔަމަހު މުޅިޖުމްލަ 1838 އޯޑަރު ލިބިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 10976 ބަސްތާ ހަނޑުލާއި، 4259 ބަސްތާ ހަކުރާއި 7016 ބަސްތާ ފުށެވެ.
ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ފިހާރަތަކުން ގަންނަން ބޭނުންވާ ތަކެތި އެސްޓީއޯގެ އޮންލައިން ޕޯޓަލް، އީސްޓޯރ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ގަންނަ ތަކެތި އެސްޓީއޯއިން ދަނީ ޑެލިވަރވެސް ކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު