ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި ތިބޭ ގައިދީންނަށް ލިބެންޖެހޭ ބޭސްފަރުވާގެ ހިދުމަތް ހައްލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

މިމައްސަލަ ހުށަހަޅުއްވަމުން ސިރާޖު ވިދާޅުވީ "ވާނުވާ" ބަންދުގައި ގިނަ ބަޔަކު އެތައް އަހަރެއް ހޭދަކުރާ ކަމަށާއި، އަދި އެކަމަށް އަދިވެސް ހައްލެއް ނެތްކަމަށެވެ. މިހާތަނަށް ވެސް ވާނުވާ ބަންދަށް ހައްލެއް ނުލިބިވާއިރު، ދެން އެންމެ ބޮޑު މައްސަލައަކީ ބަންދުގައި ތިބޭ މީހުންނަށް ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ކަމަށް ސިރާޖު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ސިރާޖު ވަނީ މައްސަލަ ހުށަހެޅުއްވިއިރު މި ފަހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މަރުވި ގައިދީއެއް ކަމަށްވާ މ. މަލަސް, އިސްމާއީލް ޝަބީން ބަންދުގައި ހުރިއިރު ބޭސްފަރުވާއަށް އެތައް ފަހަރެއްގެ މަތީން އެދިފައިވާ ކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އޭނާއަށްވެސް ބޭނުންވާ ފަރުވާ ލިބިފައިނުވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ވަނުވާ ބަންދުގައި ހުއްޓާ ފަރުވާދެމުން ދަނިކޮށް މި މަހުގެ 5 ވަނަ ދުވަހު މަރުވި ޝަބީންގެ މަރުގެ މައްސަލަ ކަމާއިބެހޭ ފަރާތްތަކުން ދަނީ ތަހުގީގްކުރަމުންނެވެ. ނަމަވެސް މިކަމުގައި މިހާތަނަށް އިހުމާލެއް އޮތްކަމަކަށް އެއްވެސް ފަރާތަކުން ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު