މޯލްޑިވިއަންއިން ހިންގަން ފަށަން ތައްޔާރުވާ ރާއްޖޭގެ ފްލައިން ސްކޫލު ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ހަވާލުކޮށްފިއެވެ.
މިފްލައިންގ ސްކޫލަކީ އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން ހިންގާ ގޮތަށް ފަށާ ފްލައިންގ ސްކޫލެކެވެ.
ގެއްލުމާއެކު ހިންގާތާ އަހަރުތަކެއްވެ ބަނގުރޫޓުވުމުގެ ބިރާއި ކުރިމަތިވެފައިވާ ކަމަށް އެތަނުގެ މުވައްޒަފުން ސިފަކުރާ ގައުމީ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަނުން ބުނީ ފްލައިންގް ސްކޫލްގެ މަސައްކަތް ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ޑިސެމްބަރުމަހު ފްލައިން ސްކޫލްގައި ކިޔަވައިދޭން ފެށޭވަރަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
މި މަސައްކަތް ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއާއި ހަވާލު ކޮށްފައިވާއިރު، ކުރިޔަށް އޮތް ދޮޅުމަސް ދުވަހުގެ ތެރެެގައި އެ އެކަޑަމީގެ ޓީމެއް ރާއްޖެ ވަޑައިގަންނަވާނެކަމަށް މުސާރައިގެ މައްސަލައިގައި ގިނަ ޕައިލެޓުންތަކެއް އިހުތިޖާޖުކޮށް ބައެއް ޕައިލެޓުން ވަޒީފާއިންވެސް ވަކިވެފައިވާ އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
"ޑިސެމްބަރުގައި ކިޔެވުން ފެށޭތޯ މި މަސައްކަތް ކުރަނީ. ކޯސްތައް ވަރަށް އަވަހަށް އާންމުންނަށް ހުޅުވާލާނެ. ކޯސްތަކުގައި ފުރަތަމަ އިސްކަން ދޭނީ ތަފާތު މައްސަލަތައް ކުރިމަތިވެ މިހާރު ކިޔެވުން މެދުކެނޑިފައި ތިބި ކުދިންނަށް" މޫސަ ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ފްލައިންގ ސްކޫލް ޑިސެމްބަރުމަހު ހުޅުވަން ތައްޔާރުވަމުންދާއިރު، އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފްލައިންގ ސްކޫލްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމާއި ގުޅޭގޮތުން ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކިޔެވުން ހުއްޓިފައިވާ ދަރިވަރުންނަށް އަންނަ ޑިސެންބަރުމަހުގެ ތެރޭގައި އަލުން ކޯސް ކުރިޔަށް ގެންދެވޭނެ މަގު ސަރުކާރުން ފަހިކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު