ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު މަރިޔަމް މުނާ އަދި ނައިބު ރައީސަކަށް ޑރ. އަހުމަދު އަދުހަމް އަބްދުﷲ އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ގާނޫނު ބުނާގޮތުން އެޗްއާރުސީއެމްގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަނުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައި، މަޖިލީހުން ފާސްކޮށްގެންނެވެ.

މިހާތަނަށް އެކަން ނުކުރެވި އޮތީ ކޮމިޝަނުގެ މެމްބަރުން ތިބެންޖެހޭ އަދަދަށް މެމްބަރުން އައްޔަނުނުކުރެވި އޮތުމުގެ ސަބަބުންނެވެ. ނަމަވެސް މިމަހު ވަނީ އެ ކޮމިޝަނަށް މެމްބަރުން ހަމަވެފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު މަރިޔަމް މުނާ އަދި ނައިބު ރައީސަކަށް ޑރ. އަހުމަދު އަދުހަމް އަބްދުﷲ އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.

ހިއުމަންރައިޓްސް ކޮމިޝަނަކީ 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.



ކިޔުންތެރިންގެ ހިޔާލު