ހުޅުމާލޭ ހިޔާ ފްލެޓްތަކަށް ބަދަލުވާ ދަރިވަރުންނަށް ޖާގަ ދިނުމަށްޓަކާ ހުޅުމާލެ ހުރަވީ ސްކޫލުގައި ދެ ދަންފަޅިއަށް ބަހާލައިގެން ކިޔަވައިދޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހުރަވީ ސްކޫލް ދެ ދަންފަޅިއަށް ބަދަލު ކުރުމަށް ނިންމާފައި ވަނީ ވީހާ ގިނަ ދަރިވަރުންނަށް ޖާގަ ދިނުމަށް ކަމަށެވެ.
ހުރަވީ ސްކޫލްގައި އެއް ދަންފަޅިއަށް މިހާރު ކިޔަވައިދޭއިރު، 1600 ދަރިވަރުން ކިޔަވަމުންދެއެވެ. އަދި ދެ ދަންފަޅިއަށް ބަދަލު ކުރުމުން އިތުރު 1000 ދަރިވަރުންނަށް ޖާގަ ލިބޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
ހުރަވީ ސްކޫލުން ހިޔާ ފްލެޓްތަކުގައި އުޅޭ ކުދިންނަށް ޖާގަ ދިނުމަށް ނިންމާފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2400 ދަރިވަރުންގެ ޖާގައިގެ ދެ ސްކޫލް އަޅަން ވަނީ ނިންމާފައެވެ. މީގެއިތުރުން އެސަރަހައްދުގައި އުޅޭ މީހުންނަށް ބޭނުންވާނެ އިތުރު ވަސީލަތްތައްވެސް ދަނީ ގާއިމްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު