ބޮލީވުޑްގެ ސްޕަރ ސްޓާރ، ޝާހްރުކްޚާންގެ ދޮށީ ދަރި އާރިޔަން ޚާންގެ ބަންދާއެކު ޝާހްރުކްޚާނާއި ވައްތަރު މީހުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާކަމަށް ހާމަކޮށްފިއެވެ.
އާރިޔަން ޚާން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި މިހިނގާ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.
އާރިޔަންގެ ހައްޔަރާއި ގުޅިގެން ޝާހް ރުކް ޚާނާއި ވައްތަރު މީހެއް ކަމަށްވާ، ރާޖޫ ޚާން ބުނެފައިވަނީ އޭނާއަށް މަސައްކަތް ހަވާލު ކުރާ މީހުން ކުރިއަށް ރާވާފައިވާ ދެ ހަފްލާއެއް ކެންސަލްކޮށްފައިވާ ކަމަށެވެ. އުމުރުން 45 އަހަރުގެ ރާޖޫ ޚާން ނުވަތަ އަސްލު ނަމުން ނަމަ، ދުރްގާ ރަހިކްވާރަކީ ޝާހް ރުކް ޚާނާއި ވައްތަރުކަމުން، އެކި ހަފްލާތަކަށް ގޮސް މީހުން މުނި ފޫހި ފިލުވައި ދިނުމަށް މަސައްކަތް ކުރާ މީހެކެވެ.
ރާޖޫ ހާމަ ކޮށްފައިވާ ގޮތުގައި އޭނާގެ ކުރިއަށް އޮތް ގިނަ ހަފްލާތަކެއް ކެންސަލް ކޮށްފައިވަނީ އާރިޔަންގެ ހައްޔަރާއެކު ޝާހުގެ މަގުބޫލުކަން ގެއްލި އެހަފްލާތަކަށް ލިބޭނެކަމަށް ލަފާކުރާ ތަރުހީބު ކުޑަވެގެންދާނެކަމަށް ބުނެ އެހަފްލާތައް ރާވާ ހިންގާ މީހުންނެވެ. މިކަމުގެ ސަބަބުން އިތުރު މާލީ ގޮންޖެހުންތަކެއް އޭނާއަށް ކުރިމަތިވުން އެކަށީގެންވިޔަސް، ޝާހް ރުކް ޚާނަށް އޮތް ލޯބި ކުޑަ ނުވާކަމަށް އޭނާ ހާމަކޮށްފައިވެއެވެ.
ރާޖޫ ގެ އިތުރުން، ޝާހް ރުކް ޚާނާއި ވައްތަރު އެހެން މީހެއް ކަމަށްވާ، ހައިދަރް މަގްބޫލް ވެސް ވަނީ އާރިޔަންގެ ހައްޔަރާއި ގުޅިގެން އޭނާގެ މަސައްކަތަށް ބުރޫއަރަމުންދާކަން ހާމަކޮށްފައެވެ. ހައިދަރަކީވެސް ޝާހާއި ވައްތަރުކަމުން، އެކި ހަފްލާތަކަށް ގޮސް މީހުން މުނި ފޫހި ފިލުވައި ދިނުމަށް މަސައްކަތް ކުރާ މީހެކެވެ. ނަމަވެސް އޭނާގެވެސް ކުރިއަށް ރާވާފައިވާ ގިނަ ހަފްލާތަކެއް ކެންސަލްވެފައިވާކަމަށް ހާމަކޮށްފައިވެއެވެ.
ރާޖޫ އަދި ހައިދަރުވެސް ވަނީ އެދެމީހުންނަށް ލިބެމުންދާ ކާމިޔާބީއަކީ ޝާހް ރުކް ޚާނާއި ވައްތަރުކަމުން ލިބެމުންދާ ކާމިޔާބީކަން ފާހަގަކޮށް، މިވަގުތުގެ ހާލަތާއި މެދު އެއްވެސް ހިތްބުރަކަމެއް ނެތްކަން ހާމަކޮށްފައެވެ. އަދި އުއްމީދަކީ ޝާހް ރުކް ޚާންގެ ދޮށީ ދަރިފުޅު އާރިޔަން ޚާން އަނބުރާ ގެއަށް ދޫކޮށްލުންކަމަށްވެސް މިދެމީހުން ވަނީ ބުނެފައެވެ.
ބޮލީވުޑް އަދި ހޮލީވުޑަށް ނިސްބަތްވާ ކާމިޔާބު ތަރިންނާއި ވައްތަރު މީހުން، އޭގެފައިދާ ނުވަތަ އެޑްވާންޓޭޖް ނަގައިގެން ކުރާ މަސައްކަތުން އާމްދަނީ ހޯދުމަކީ އާންމުކަމެކެވެ. މިފަދަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ، އެމީހުންނާ ވައްތަރު އެކްޓަރުން ދައްކުވައިދޭ އެކްޓިންނާއި އެކި ނެޝުންތައް، އެކިހަފްލާތަކުގައި ނުވަތަ މީސްމީޑިއާ މެދުވެރިކޮށް ދައްކައިގެން ފައިސާހޯދާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު