ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އެ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އޭގައި ހުރީ ސިންތެޓިކް ކެތިނޯން ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.
ރާއްޖޭގެ ބޯޑަރު ހުރަސްކޮށް މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކަސްޓަމްސްއިން އަންނަނީ ފާރަވެރިކަމާއެކު ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑުމަގުން، އެކި އުކުޅުތައް ބޭނުންކޮށްގެންނާއި ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ހުރިހާ މަގުތަކެއް ބަންދުކުރުމަށްޓަކައި ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު