އެކްސްޕޯ 2026 އިފްތިތާހުކޮށްދެއްވުމަށް ފަހު ސްޓޯލެއް ރައީސްގެ ދެކަނބަލުން ބައްލަވާލައްވަނީ
އެކްސްޕޯ 2026 އިފްތިތާހުކޮށްދެއްވުމަށް ފަހު ސްޓޯލެއް ރައީސްގެ ދެކަނބަލުން ބައްލަވާލައްވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު، "މޯލްޑިވްސް އެކްސްޕޯ 2026" މިރޭ އިފްތިތާހުކޮށްދެއްވައިފިއެވެ.

އެ އެކްސްޕޯ އިފްތިތާހުކުރީ މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ މިއަހަރުގެ އެކްސްޕޯއަކީ ރާއްޖޭގެ ތާރީޚުގައިވެސް ބޭއްވޭ އެންމެ ބޮޑު މައުރަޒެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މައުރަޒަށް ބޮޑު ތަރުޙީބެއް މި އަހަރު ވަނީ ލިބިފައެެވެ. އެގޮތުން މިިދޔަ އަހަރު 240 ފަރާތަކުން 2,467 އުފެއްދުން ބައިވެރިކުރި ނަމަވެސް، މިއަހަރު 600 ފަރާތަކުން 4,400 އަށްވުރެ ގިނަ އުފެއްދުން ހުށަހަޅާފައިވާ ކަމަށެވެ. މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތައް ޝާމިލުވާ ގޮތަށް އުފެއްދުންތެރިކަމުގެ ދާއިރާއިން ހޯދުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ކަމެއް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ މައުރަޒާއެކު ދިވެހި އުފެއްދުންތަކުގެ އަގު އުފުލި، އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އީޖާދީ އައު އުކުޅުތަކާއި ޒަމާނީ ޓެކްނޮލޮޖީ ތައާރަފުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު