ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފެއްދުންތައް ތައްޔާރުކުރުމަށް ރާއްޖެއަށް އެތެރެކުރާ ތަކެތިން ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އިމްޕޯޓް ޑިއުޓީ މުޅިން ކަނޑާލުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިކަން އިއުލާނު ކުރެއްވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އެތެރެކުރާ ރޯ މެޓީރިއަލްގެ ފުރިހަމަ ލިސްޓެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
އަދި އެ ލިސްޓުގައި ހިމެނޭ ބާވަތްތަކުން 0 ޕަސަންޓު ރޭޓުގައި އިމްޕޯޓް ޑިއުޓީ ނަގާ ގޮތަށް، 1 ޖަނަވަރީ 2027 އިން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ހަމަޖެއްސެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން މައިގަނޑު ތިން ލުޔެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އޭގެ ތެރޭގައި ސަރުކާރަށް މަސައްކަތް ކުރުމަށްފަހު ފައިސާ ނުލިބިވާ ފަރާތްތަކަށް، އެ ފައިސާއިން ޓެކްސް އަޅާކަނޑައި އޮފްސެޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޖީއެސްޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދެއްވުން ހިމެނެއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އިގްތިސާދީ އަމާޒަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާއިން ޖީޑީޕީގައި ހިއްސާކުރާ މިންވަރު 2030 ވަނަ އަހަރާ ހަމައަށް 15 ޕަސަންޓަށް އިތުރުކުރުމެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް މިހާރު އިސްލާހު ގެނެސްދެއްވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު