މިއަދު ހެނދުނު ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުހަނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރައީސް އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިފަދަ ހާދިސާތަކުން ގައުމު ސަލާމަތްކުރެއްވުމަށް އެދި ދުއާކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒު އެކްސްގައި ވިދާޅުވީ، "ށ.ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޅުގަނޑު އަޑުއެހީ، ނުހަނު ކަންބޮޑުވުމާއި ފުން ހިތާމާއާއެކު. މިފަދަ ޙާލަތްތަކުން މި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން." މިފަދައިންނެވެ. އަދި މި ހާދިސާގައި ވަގުތުން އިޖާބަދެއްވައި، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ދެއްވި އެހީތެރިކަމަށްޓަކައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކާއި، ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކާއި، އަދި ފުނަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުންނަށް، އެއްބާރުލެއްވުމުގެ އަގު ވަޒަންކުރައްވައި، އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
މިއަދު ހެނދުނު 08:00 ހާއިރު ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި މި ނުރައްކާތެރި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ނުވެ، އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ގަރާޖަކަށް ފެތުރި، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފުނަދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ތެލުގެ އަސަރު ހުރުމުގެ ސަބަބުން އަލިފާންގަނޑު ވަރަށް ބާރަށް ކައިރީގައި ހުރި ވޯކްޝޮޕްތަކަށާއި ގަރާޖުތަކަށް ފެތުރިގެން ދިޔައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، މި ހާދިސާގައި އެއް ގެ އަނދައި އަޅިއަށްވެ، ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. މީގެއިތުރުން، އަލިފާނުގެ ސަބަބުން ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް ފަރާތްތަކަށް ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދެއެވެ. އެންޑީއެމްއޭ އިން ބުނީ، ހާލުގައި ޖެހި، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތާއި، އެފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް، މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު ޢާއްމު ޙާލަތަކަށް އަވަހަށް ރުޖޫއަވާނެކަމަށް އުންމީދުކުރައްވާ، މި ހުރިހާ ފަރާތްތަކުގެ ލޮބުވެތި ޢާއިލާތަކަށްވެސް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު