2019 ވަނަ އަހަރުގެ އޭލެވެލް އެގްޒާމް ފުރިހަމަކޮށް, ޓޮޕް 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމަށް ބާއްވާ ޖަލްސާ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިހާނު "ޓޮޕް އެޗީވާރސް" ޖަލްސާ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އަށެއް ޖަހާއިރު އަމީނިއްޔާ ސްކޫލްގައި ބޭއްވުމަށް މިހާރު ހަމަޖެހިފައިވާކަމަށެވެ.
ކޮންމެ އަހަރަކުވެސް އޭލެވެލްގެ ގަދަ 10 އެއްގައި ހިމެނޭ ދަރިވަރުންނަށް އެވޯޑް ދިނުމަށް ޚާއްސަ ހަފްލާއެއް ބޭއްވި ނަމަވެސް ފާއިތުވެދިޔަ އަހަރު ކޮވިޑް-19 އާ ގުޅިގެން ވަނީ މި ހަފްލާ ނުބޭއްވިފައެވެ.
މިފަހަރުގެ އިނާމު ދިނުމުގައި މީގެކުރިން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ އޯލެވެލް އާއި އޭ ލެވެލުން ހަމައެކަނި އެއް ވަނަ ހޯދި ދަރިވަރުންނަށާއި، ވަކިވަކި މާއްދާތަކުން ރާއްޖެއާއި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމަށް ހަފްލާ ބޭއްވުމަށެވެ. އަދި ދެ ވަނައިން ފެށިގެން ދިހަ ވަނައިގައި ހިމެނޭ ދަރިވަރުންނަށާއި އެހެން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދޭން ހަމަޖެއްސީ އެވޯޑް ހަފްލާ އަކާ ނުލައެވެ.
އެހެންނަމަވެސް ހަމައެކަނި އެއްވަނައިގައި ހިމެނޭ ދަރިވަރުންނަށް އެވޯޑު ދޭން ނިންމި ނިންމުމާ ދެކޮޅަށް ގިނަ ދަރުވަރުން ތަކެއް ޕެޓިޝަނެއް ތައްޔާރުކޮށް ހުށައަޅާފައިވާތީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެނިންމުން ބަދަލުކޮށް މިފަހަރު ޓޮޕް 10 ގައި ހިމެނޭ ހުރިހާ ދަރިވަރުންނަށްވެސް ހަފުލާގައި ސްޓޭޖް މަތިން އެވޯޑް ހަވާލުކުރުމަށެވެ.
2019 ވަނަ އަހަރުގެ އޭލެވެލް އިމްތިހާންގައި 48 ސެންޓަރަކުން 1500 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު