ރައްޔިތުންގެ މަޖިލީހުގެ ރައިސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ރާއްޖެ ވަޑައިގަތުމުން ސަލާމަތީ ހިދުމަތްތަކުން ފޯރުކޮށްދިން ސެކިއުރިޓީގެ ސަބަބުން ނޯތު ކޮރެޔާގެ ސިފަތައް ތަސައްވުރުކުރެވުމަކީ ހިތާމައެއްކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، އެމަނިކުފާނަށް އިއްޔެ ފޯރުކޮށްދިން ސެކިއުރިޓީގެ ކަންކަމާއި މެދު ބައެއް ފަރާތްތަކުން ހަޖޫޖަހަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިއްޔެ ފެނިގެން ދިޔައީ ދުނިޔޭގެ އެންމެ ޚުދުމުޚުތާރު ވެރިންގެ ވެސް ކުރީ ސަފުގައި ކިޔާ އުތުރު ކޮރެޔާގެ ރައީސް އުޅުއްވާ ގޮތްކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ބައެއް މެމްބަރުން ވަނީ އެކަން ފާހަގަކުރައްވާފައެވެ. އެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ ޖަލްސާގައި އެކަމަށް ރައްދުދެއްވާފައެެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސެކިއުރިޓީ ހަމަޖައްސަވަނީ އެމަނިކުފާނު އަމިއްލަފުޅަށް ނުވަތަ މަޖިލީހުގެ އިދާރާއިން ނޫންކަމަށެވެ. އަދި އެކަންކަން ކުރަނީ ތްރެޓް ލެވަލަށް ބެއްލެވުމަށްފަހު ޑިފެންސް މިނިސްޓްރީންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަންކަމުން ނޯތު ކޮރެޔާގެ ރައީސް ރާއްޖެ ވަޑައިގެން އުޅުއްވާކަން ތަސައްވުރުކުރެވުމަކީ ހިތާމައެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުވެސް ބޭނުންފުޅުވަނީ ހުރިހާ އެންމެން މިނިވަންކަމާއެކު އުފަލުގައި އުޅެންކަމަށެވެ.
ހަތަރު މަހެއްހާ ދުވަހަށްފަހު ރައީސް ނަޝީދު އިއްޔެ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ. އަދި އެއަރޕޯޓުން އެމަނިކުފާނު މާލެ ވަޑައިގެންނެވިއިރު، ސަލާމަތީ ހިދުމަތްތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

އިސްލީޑަރާއި ދެވަނަ ލީޑަރުގެ ސެކިއުރިޓީ އަށް ހެލިކޮޕްޓަރެއް މިހާރު މަދީ😬ދެކޮޅަށް 2 ގެރިގާޑިޔާ ވައްޓާލި ނަމަ.
— Ibrahim Shujau (@IbrahimShujaau) October 11, 2021
ރައީސުންނަކީ ފުރިހަމަ ހިމާޔަތް ލިބެންޖެހޭނެ ބައެއް.ރައީސް ޔާމީންގެ ސަލާމަތީ ކަންކަން ވަރުގަދަ އޭރު ކުރާނީ ތްރެޓް އޮތީމަ ކަމަށް އަޅުގަނޑު ގަބޫލް ކުރަނީ.1/2 pic.twitter.com/XHD37yVaE6
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް ބައެއް މެމްބަރުން ވަނީ އެކަން ފާހަގަކުރައްވާފައެވެ. އެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ ޖަލްސާގައި އެކަމަށް ރައްދުދެއްވާފައެެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސެކިއުރިޓީ ހަމަޖައްސަވަނީ އެމަނިކުފާނު އަމިއްލަފުޅަށް ނުވަތަ މަޖިލީހުގެ އިދާރާއިން ނޫންކަމަށެވެ. އަދި އެކަންކަން ކުރަނީ ތްރެޓް ލެވަލަށް ބެއްލެވުމަށްފަހު ޑިފެންސް މިނިސްޓްރީންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަންކަމުން ނޯތު ކޮރެޔާގެ ރައީސް ރާއްޖެ ވަޑައިގެން އުޅުއްވާކަން ތަސައްވުރުކުރެވުމަކީ ހިތާމައެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުވެސް ބޭނުންފުޅުވަނީ ހުރިހާ އެންމެން މިނިވަންކަމާއެކު އުފަލުގައި އުޅެންކަމަށެވެ.
ރައީސް @MohamedNasheed ގެ ސެކިޔުރިޓީ މިއޮތީ ރައީސުލް ޖުމްހޫރިއްޔާ @ibusolih އަށްވުރެންވެސް މާ މަތީގަ!
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) October 11, 2021
ތިމާގެ އަމިއްލަ ނަފްސާ ދިމާލަށް ނުރައްކާލާ ބިރުވެރިކަން ގެންނަވަން ރ.ނަޝީދު ކުރައްވާ މަސައްކަތްތައް ހުއްޓަވާލެއްވުމަށް މިފުރުސަތުގައި ހަނދާންކޮށްދެން!pic.twitter.com/PoHSQ3l2yp
ހަތަރު މަހެއްހާ ދުވަހަށްފަހު ރައީސް ނަޝީދު އިއްޔެ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ. އަދި އެއަރޕޯޓުން އެމަނިކުފާނު މާލެ ވަޑައިގެންނެވިއިރު، ސަލާމަތީ ހިދުމަތްތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު