މިއީ 21 ވަނަ ޤަރުނު ކަމަށާއި މިޒަމާނުގައި ގޭގައި ތިބެގެން މެޗު ބަލަން ޓިކެޓް ނެގެންޖެހޭނެކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައި މިވަނީ ސާފް ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ވިއްކުމުގެ އިންތިޒާމުތައް ދޯދިޔާކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖޭގެ ގައުމީ ޓީމު މާދަމާ ކުޅޭ މެޗުގެ ޓިކެޓް ނެގުމަށް ދިވެހި ރައްޔިތަކު 18 ގަޑިއިރު ކިޔޫގައި ހުރިކަމަށް ބުނެ އެއީ ފަޚުރެއް ކަމަށް ދޭހަވާ މޭރުމަކުން ކުޅިވަރާބެހޭ ވަޒީރު ވާހަކަ ދައްކަވާފައި ވެސް ވަނިކޮށެވެ.
އިންޑިއާއާއި ރާއްޖެ ބައްދަލުކުރާ މެޗުގެ ޓިކެޓް ގަންނަން ކިޔޫގައި ތިބި ބަޔަކާއި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ޓިކެޓް ގަންނަން މިއަށްވުރެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަންޖެހޭކަމަށެވެ. އަދި މިއީ 21 ވަނަ ގަރުނުކަމަށާއި، ގޭގައި ތިބެގެން ޓިކެޓް ގަނެވެން ޖެހޭނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"މާފަހަތުގައޭ މިމީހުން މި އުޅެނީ.. 21 ވަނަ ގަރުނަށް ބަދަލުވާށޭ ބުނޭ. އަޅުވެތިކަން ދޫކޮށްލަމާ ހިނގާށޭ... ޓިކެޓް އެއްޗެހި ގޭގައި ތިބެގެން ނެގެންޖެހޭނެ.. ސްޕޯޓްސް މިނިސްޓަރު ޒިންމާކުރުވާނަން." ޖާބިރު ވިދާޅުވިއެވެ.
މިއަދު ހެނދުނު ޓިކެޓް ވިއްކަން ފެށިއިރު، ދިވެހި ސަޕޯޓަރުންނަށް 3000 ޓިކެޓް އޮތީ ވިއްކަން ނިންމާފައެވެ. އަދި އޮތީ ކޮންމެ މީހަކަށް 2 ޓިކެޓް ވިއްކާ ގޮތަށެވެ. ނަމަވެސް ގިނަބަޔަކު ދަނީ ޓިކެޓް ނުލިބޭކަމުގެ ޝަކުވާކުރަމުންނެވެ.
ދިވެހި ގައުމީ ޓީމު ކުޅޭ މެޗަށް ޓިކެޓް ވިއްކުމަށް އައު އުސޫލެއް މިފަހަރު ހަމަޖައްސައި ވިއްކާ ޓިކެޓްގެ އަދަދު އިތުރުކުރީ އެންމެ ފަހުން ރާއްޖެ ކުޅުނު މެޗުގެ ޓިކެޓް މައްސަލައިގައި ސަޕޯޓަރުން ރުޅިގަދަވެ މައްސަލަ ހޫނުވުމުންނެވެ.
ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާރެއެެވެ. މި މެޗު އެއްވަރުވިޔަސް ރާއްޖެއަށް ފައިނަލުން ޖާގަ ލިބޭއިރު، އިންޑިއާއަށް ފައިނަލަށް ދިއުމަށް އޮތް ހަމައެކަނި މަގަކީ ރާއްޖެ އަތުން މޮޅެއް ހޯދުމެވެ.

ކިޔުންތެރިންގެ ހިޔާލު