ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު އެކުލަވައިލައްވައިފިއެވެ.

މި ބޯޑަކީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ.

އެސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއްގެ ގޮތުން މި ބޯޑަށް އައްޔަން ކުރަށްވާފައިވަނީ ލ. ގަން މުކުރިމަގު، ސޯސަންވިލާ، އިބްރާހީމް ޝަރީފެވެ. ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއްގެ ގޮތުގައި ބޯޑުގައި ހިމަނުއްވާފައި ވަނީ ދަފްތަރު ނަންބަރު ރސ 9558، ޑޮކްޓަރ މުޙައްމަދު އިސްމާޢީލެވެ. ޢާންމުންގެ ތެރެއިން ޢައްޔަންކުރެވޭ މެންބަރެއްގެ ގޮތުގައި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ލ. ފޮނަދޫ އަޅިވިލާގެ، މުޙައްމަދު ޙަމީދެވެ. ސިޓީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ބޯޑަށް އައްޔަނު ކުރަށްވާފައި ވަނީ ލ. ގަން ތުނޑި، ބިނާ، އިސްމާޢީލް ޢަލީ އެވެ. ދެން މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާގެ ހައިސިއްޔަތުން ލ. ގަން ތުނޑި، ފިތުރޯނުމާގެ، މުޙައްމަދު ޝިޔާމެވެ.

މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ އިބްރާހީމް ޝަރީފެވެ.



ކިޔުންތެރިންގެ ހިޔާލު