ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމިއްޔާ، ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޝަންގެ ފަރާތުން ބޭއްވި ޕްލާސްޓިކް ޗެލެންޖްގެ ފައިނަލަށް ދިޔަ ދިވެހިރާއްޖޭގެ ޓީމްތަކާ އެޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ ޒުރާބް ޕޮލޮލިކަޝަވީލީ ބައްދަލުކުރައްވައިފިއެވެ.
11 އޮކްޓޯބަރ ގައި މިނިސްޓްރީ އޮފް ޓޫރިޒަމްގައި ބޭއްވި މިބައްދަލުވުމުގައި ފައިނަލަށް ދިޔަ 3 ސްކޫލް ކަމަށްވާ، ތާޖުއްދީން ސްކޫލް، އައްޑޫ ސިޓީގެ މަރަދޫ ސްކޫލް އަދި ބާ އަތޮޅު ސްކޫލްގެ ޓީމުތަކުން ބައިވެރިވިއެވެ. މަރަދޫ ސްކޫލާއި ބާ އަތޮޅު ސްކޫލްގެ ޓީމު ބައިވެރިވީ ޒޫމް މެދުވެރިކޮށް ވަރޗުއަލް ކޮށެވެ.
މި ބައްދަލުވުމުގައި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވަމުން ސެކްރެޓަރީ-ޖެނެރަލް ވިދާޅުވީ ދުނިޔޭގެ 45 ގައުމެއްގެ 1000
އަށްވުރެ ގިނަ ދަރިވަރުންނާއެކު 155 ޓީމު ބައިވެރިވެގެން ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލަށް ދިވެހިރާއްޖޭގެ 3 ޓީމު ހޮވުނުކަމީ އެމަނިކުފާނު ވަރަށް އުފާކުރައްވާކަމެއްކަމަށާއި، އަދި އެއީ ދިވެހިރާއްޖެ ފަޚުރުވެރިވުން ޙައްޤު ކަމެއްކަމަށެވެ. އަދި މިފަދަ ކާމިޔާބީއެއްގެ ފަހަތުގައި ދަރިވަރުންގެ ޓީޗަރުންނާއި ބެލެނިވެރިންގެ މުހިއްމު ދައުރެއް އޮންނާނެކަމަށް ވިދާޅުވެ އެފަރާތްތަކަށްވެސް ސެކްރެޓަރީ ޖެނެރަލް ޝުކުރު އަދާކުރެއްވި އެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ޓޫރިޒަމާ ތިމާވެށިވަނީ ގުޅިލާމެހިފައިކަމުން، ރާއްޖޭގެ ޓޫރިޒަމަކީ މިހާރެކޭ ވެސް އެއްގޮތަށް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަރުވާ ހިންގުމަށް ހުރިހާ ފަރާތަކުންވެސް ބާރުއެޅުއްވުމަށް ސެކްރެޓަރީ ޖެނެރަލް އިލްތިމާސްކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުالله މަޢުސޫމު ވެސް ސްކޫލްތަކުން ހޯދިކާމިޔާބީއަށް ޓީމުތަކަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ޕްލާސްޓިކްސް ޕޮލިއުޝަން ޗެލެންޖް މުބާރާތުގެ ސަބަބުން މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ޖޯޝު އާލާވެއްޖެ ކަމަށާއި ފަތުރުވެރިކަމުގެ ރަން އަހަރާ ގުޅުވައިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން ރީޔޫސްޑް/ ރީސައިކަލްޑް އައިޓަމްސް ބޭނުންކޮށްގެން ތަކެތި އުފައްދާ ޚާއްސަ މަޢުރަޒެއް ބޭއްވުމަށް ގަސްދުކުރައްވާކަން ހާމަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ތާޖުއްދީން ސްކޫލްގެ ޓީމުގެ ފަރާތުން ޕްލާސްޓިކް ފުޅީގެ މަތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެއް ސެކްރެޓަރީ- ޖެނެރަލަށް ހަދިޔާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު