ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ނިންމި މައްސަލައިގައި އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ބަލާ ގާޒީގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފިއެވެ.
ފުލުހުންގެ އާ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ތަންފީޒުކުރަން ފުލުހުންގެ އިސް ސަފުން ހަތް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުން ވަނީ ނިއްމާފައެވެ. އެ ނިންމުން ސިވިލް ކޯޓަށް ހުށައަޅައި އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވަނިކޮށް އޭގެ ތެރެއިން ދެ އޮފިސަރަކު މަގާމުން ވަކިކޮށް، 5 އޮފިސަރުންނަށް މަގާމުން ވަކިކުރުމުގެ ނޯޓިސް ވަނީ ފޮނުވާފައެވެ.
އެގޮތުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ. މަގާމުން ވަކިކުރަން ނޯޓިސް ފޮނުވާފައިވާ އޮފިސަރުންގެ ތެރޭގައި އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދުގެ އިތުރުން ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ހިމެނެއެވެ. އެ 7 އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަަށް ހުށައެޅި މައްސަލަ ކޯޓުން މިހާރު ވަނީ ބަލަައިގަނެފައެވެ.
ޑިސްޕިއުޓް މަރުހަލާއިން ހައްލެއް ނުލިބުމުން އެމައްސަލަ މިހާރު ވަނީ ކޯޓަށް ފޮނުވާފައެވެ. އެމައްސަލަ ބައްލަވަނީ ސިވިލް ކޯޓުގެ ގާޒީ އަލީ އަބުދުﷲ އެެވެ.
އެ ހަތް އޮފިސަރުންގެ ފަރާތުން ޖޭއެސްސީއަށް ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އެމައްސަލަ ހުށައެޅިއިރު އޮތް ހާލަތު ބަދަލުވެ ވަގުތީ އަމުރެއް ނެރެދެން ޖެހޭ ހާލަތު ކަށަވަރުވެފައިވާ ކަމަށާއި، ޝަރީއަތުގެ ދޮރު ގާޒީ ބަންދުކުރެއްވުމަކީ އެބޭފުޅުންގެ ހައްގުގައި ބޭއިންސާފުން ދައުލަތުން ބޭނުންހާ ގޮތަކަށް ގަސްދުގައި ފަހިކޮށްދޭ އަދުލް އިންސާފުގެ ހަމަތަކާއިދުރު، ވަގުތީ އަމުރު ނެރުމުގެ މަގުސަދާވެސް ޚިލާފު ނިންމުމެއް ކަމަށެެވެ.
އަދި ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލައިގައި ޝަރީއަތަށް ހުށައަޅާފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ކޮންމެވެސް އެއްގޮތަކަށް އެކަން ނިންމަންޖެހޭ ކަމަށް ޖޭއެސްސީއަށް ހުށައެޅި މައްސަލައިގައި ބުނެފައިވެއެވެ. އަދި ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒުކުރުމަށް ދެ އޮފިސަރުން މަގާމުން ވަކިކޮށް، ދެން ތިބި ފަސް އޮފިސަރުންނަށް ނޯޓިސް ފޮނުވި ހާލަތު މެދުވެރިވީ ސިވިލް ކޯޓުގެ ގާޒީ އަލީ އަބުދުﷲ އަމަލު ކުރެއްވި ގޮތުން ކަމަށް ޖޭއެސްސީއަށް ހުށައެޅި މައްސަލައިގައި ވަނީ ބުނެފައެވެ.
"ވީމާ މިމައްސަލައިގައި ކަން ހިނގާފައިވާގޮތުގެ ތަފްސީލުގެ ގޮތުގައި ބަޔާން ކުރެވިފައިވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށްދެއްވައި، ސިވިލް ކޯޓުގެ ގާޒީ އަލީ އަބުދުﷲގެ މައްސަލަ ބައްލަވައިދިނުމަށް އެދި ހުށައަޅަމެެވެ." ޖޭއެސްސީ އަށް ހުށައެޅިމައްސަލައިގެއި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު