ނޫސްވެރިކަމުގެ އިނާމު ހާސިލު ކުރި ފަރާތްތަކަށާއި މީޑިއާތަކަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަރުހަބާ ދަންނަވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ބާއްވާފައިވަނީ ހޯމަ ދުވަހުގެ ރެއެވެ.
2020 ވަނަ އަހަރު ނޫސްވެރިކަމުގެ އިނާމު ހާސިލު ކުރި ފަރާތްތަކަށާއި މީޑިއާތަކަށް ޝާހިދު ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. ޝާހިދުގެ ތަހުނިޔާގެ މެސެޖުގައި ޑިމޮކްރެސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިންނާއި މީޑިއާތަކުން ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރަށްވާފައިވެއެވެ.
ރޭ ބޭއްވި، 2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ ނޫސްވެރިކަމުގެ އިނާމަށް ހުޅުވާލި 12 ދާއިރާގެ ތެރެއިން ނުވަ ދާއިރާއަކުންނެވެ. މީގެތެރޭގައި، ތަހުގީގީ ދާއިރާ، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސޯދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމް އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ ހިމެނެއެވެ. ނޫސްވެރިކަމުގެ އިނާމު މިއަހަރު ދީފައިވަނީ ބްރޯޑްކާސްޓިން އަދި ޕްރިންޓް މީޑިއާ ބައި އެއްކޮށްލައިގެންނެވެ.
ނަމަވެސް މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ބާއްވައިފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ބާއްވަމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގައި ޢަމަލުކުރަމުންދާ އުސޫލާ ޚިލާފަށް ކަމަށްބުނެ މައްސަލަ ހޫނުވެފައިވަނިކޮށެވެ. އެ މައްސަލަ ހޫނުވެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިނަމަވެސް، އެ މައްސަލަ ހުށައަޅާފައިވަނީ ސިވިލްކޯޓުގެ އަވަސް ނިޔާގެ މައްސަލަބަލާ ސެކްޝަނަށްކަމަށް ބުނެ، އެމައްސަލަ ނުބެލޭނެކަމަށް ނިންމައި މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.
މި މައްސަލާގައި ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ، ބްރޯޑްކާސްޓިން މީޑިއާތަކާއި، އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލްއަކުން މާކްސް ދިނުމަށްފަހު، ދެ ބައި އެއްކޮށްލައިގެން އިނާމް ދިނުމަށް ނިންމުމެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހާއި، އެމްއެމްސީގެ އިނާމުދޭ ކޮމިޓީގެ މުގައްރިރަށް ވެސް ވަނީ ނޫސްވެރިންގެ ކަންބޮޑުވުން ހިއްސާކޮށް ސިޓީއެއް ހުށައަޅާފައެވެ. ނަމަވެސް މިއިން އެއްވެސް އަޑެއް ނާހައި އިނާމުދީ ނިންމާލީއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދެއްވާ ނޫސްވެރިންގެ އިނާމް 2020 ހާސިލްކުރެެއްވި ހުރިހާ ނޫސްވެރިންނަށާއި މީޑިއާތަކަށް ތަހުނިޔާ ދަންނަވަން.
— Abdulla Shahid (@abdulla_shahid) October 12, 2021
ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިންނާއި މީޑިއާތަކުން ތިޔަ ކުރައްވާ މަސައްކަތަށް ފަށްފަށުން ޝުކުރުދަންނަވަން
ރޭ ބޭއްވި، 2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ ނޫސްވެރިކަމުގެ އިނާމަށް ހުޅުވާލި 12 ދާއިރާގެ ތެރެއިން ނުވަ ދާއިރާއަކުންނެވެ. މީގެތެރޭގައި، ތަހުގީގީ ދާއިރާ، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސޯދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމް އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ ހިމެނެއެވެ. ނޫސްވެރިކަމުގެ އިނާމު މިއަހަރު ދީފައިވަނީ ބްރޯޑްކާސްޓިން އަދި ޕްރިންޓް މީޑިއާ ބައި އެއްކޮށްލައިގެންނެވެ.
ނަމަވެސް މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ބާއްވައިފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ބާއްވަމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގައި ޢަމަލުކުރަމުންދާ އުސޫލާ ޚިލާފަށް ކަމަށްބުނެ މައްސަލަ ހޫނުވެފައިވަނިކޮށެވެ. އެ މައްސަލަ ހޫނުވެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިނަމަވެސް، އެ މައްސަލަ ހުށައަޅާފައިވަނީ ސިވިލްކޯޓުގެ އަވަސް ނިޔާގެ މައްސަލަބަލާ ސެކްޝަނަށްކަމަށް ބުނެ، އެމައްސަލަ ނުބެލޭނެކަމަށް ނިންމައި މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.
މި މައްސަލާގައި ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ، ބްރޯޑްކާސްޓިން މީޑިއާތަކާއި، އޮންލައިން މީޑިއާތަކުގެ ނޫސްވެރިންނަށް ވަކި ޕެނަލްއަކުން މާކްސް ދިނުމަށްފަހު، ދެ ބައި އެއްކޮށްލައިގެން އިނާމް ދިނުމަށް ނިންމުމެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހާއި، އެމްއެމްސީގެ އިނާމުދޭ ކޮމިޓީގެ މުގައްރިރަށް ވެސް ވަނީ ނޫސްވެރިންގެ ކަންބޮޑުވުން ހިއްސާކޮށް ސިޓީއެއް ހުށައަޅާފައެވެ. ނަމަވެސް މިއިން އެއްވެސް އަޑެއް ނާހައި އިނާމުދީ ނިންމާލީއެވެ.
ކިޔުންތެރިންގެ ހިޔާލު